ވަފާތެރިތޯ ބަލަންކަމަށްބުނެ އިންޑިއާގައި އަންހެނެއްގެ އަތް ކެކެމުންދިޔަ ތެޔޮ ތަވަޔަކަށް

އަވަށްޓެރި އިންޑިއާއަކީ އަބަދުވެސް އާދަޔާ ޚިލާފު އެތައް ކަމެއް ހިނގަމުން އަންނަ ޤައުމެކެވެ. މިއީ އަނެއްކާވެސް ނިމިދިޔަ ހަފުތާގައި އިންޑިއާގެ އަހްމަދުއާބާދުގައި ހިނގި ހާދިސާއެއްގެ ވާހަކައެވެ. އުމުރުން ...

20 Sep 2025 | 05:34
ތެޔޮ ތަވައެއް -

ތެޔޮ ތަވައެއް -

އަވަށްޓެރި އިންޑިއާއަކީ އަބަދުވެސް އާދަޔާ ޚިލާފު

އެތައް ކަމެއް ހިނގަމުން އަންނަ ޤައުމެކެވެ. މިއީ އަނެއްކާވެސް ނިމިދިޔަ ހަފުތާގައި

އިންޑިއާގެ އަހްމަދުއާބާދުގައި ހިނގި ހާދިސާއެއްގެ ވާހަކައެވެ.

އުމުރުން 28 އަހަރުގެ އަންހެނަކު ފުލުހުންނަށް ކުރި

ރިޕޯޓެއްގައި ބުނެފައިވަނީ 13 އަހަރު ވާންދެން އޭނާ އިނދެގެން އުޅުނު ފިރިހެން

މީހާގެ ދައްތައަކާއި ފިރިހެން މީހާގެ ފިރިހެން ދެ ކޮއްކޮއަކު ގުޅިގެން އޭނާގެ އަތް

ކެކެމުންދިޔަ ތެޔޮ ތަވަޔަކަށް ލީ ކަމަށާއި އެކަން އެގޮތަށްކުރީ އިޚްލާސްތެރިކަން

ޔަޤީންކުރަންކަމަށްބުނެ ކަމަށެވެ.

އިންޑިއާ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ފިރިމީހާގެ

ޢާއިލާގެ މެންބަރުން އެ ތެޔޮ ތަވާ ރަނގަޅަށް ހޫނު ކުރުމަށްފަހު ކެކެމުންދިޔަ ތަވަޔަށް

އަތް ލުމަށް އެ އަންހެން މީހާއަށް އަމުރުކުރިއެވެ. އަދި ކޮއްޕާ އެ ތަވަޔާ ދިމާއަށް

ގެންގޮސް ގަދަކަމުން އެ އަންހެން މީހާގެ އަތް ތަވަޔަށް ލިއެވެ. އަދި އަޑެއް

ލައްވައިފިނަމަ އިޚްލާސްތެރިކަން ނެތީކަމަށްބުނެ އެ ތަވައިން ތެޔޮ ނަގާ އެ

އަންހެން މީހާގެ ފައިގެ ފަލަމަސްގަނޑަށްވެސް އެ ތެޔޮ އެޅި ކަމަށް ބުނެފައިވެއެވެ.

މިހާރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ އެ

އަންހެންމީހާ ސަލާމަތްކުރީ ހަޅޭކުގެ އަޑަށް އަވަށްޓެރިންނާއި އެ އަންހެންމީހާގެ ބައްޕަ

އެ ގެއަށް ގޮހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް