ޓްރަމްޕާއި ޝީގެ ފޯނު ކޯލެއް – އެޖެންޑާގައި ޓިކްޓޮކް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ފޯނު ކޯލުގެ މައިގަނޑު އެޖެންޑާއަކަށް އޮތީ ޓިކްޓޮ...

20 Sep 2025 | 03:43
އެމެރިކާ - ޗައިނާ

އެމެރިކާ - ޗައިނާ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޗައިނާގެ

ރައީސް ޝީ ޖިން ޕިން ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ފޯނު ކޯލުގެ މައިގަނޑު

އެޖެންޑާއަކަށް އޮތީ ޓިކްޓޮކްގެ ވާހަކައެވެ. އަދި މަޢުލޫގައި ދެ ރައީސުން ދެކުނު

ކޮރެއާގައި ބައްދަލުކުރެއްވުމަށް ނިންމެވިކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރަން އެމެރިކާގެ ޤާނޫނު

ހަދާ މަޖިލީހުން ފާސްކުރީ 2024 ވަނަ އަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހުގައެވެ.

އެ ބިލު އޭރުގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރެއްވީ އެ އަހަރުގެ އޭޕްރީލް މަހުގެ

24 ވަނަ ދުވަހުގައެވެ.

ނަމަވެސް ޓްރަމްޕް ވެރިކަމަށް އައިސް އެ ނިންމުން

ތަސްދީގު ކުރުން އަންނަނީ ދިގު ދަންމަމުންނެވެ. އެގޮތުން އެތައް އެތައް ފަހަރަކު

ދިގު ދަންމަމުން ގޮސް މިހާރު އޮތީ ޑިސެމްބަރު 16 އާއި ހަމައަށް އެކަން ދިގު

ދަންމާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް