މާލޭގެ މަގުތައް މަރާމާތުކޮށް އަލުން ހެދުމަށް ބޭނުންވާ ބަޖެޓު، ސިޓީ ކައުންސިލަށް ހަމަޖެހުމާއެކު، މިއަހަރުގެ ތެރޭގައި ހުރިހާ މަގުތަކެއްގެ މަރާމާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުގެ މެމްބަރު އަހްމަދު ޒަމީރު ވިދާޅުވީ، މާލޭގެ މަގުތައް މަރާމާތުކޮށް ހެދުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާ ކަމަށާއި އަދި މިއަހަރުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށެވެ.
ޒަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން ރިންގް ރޯޑާއި، މަޖީދީ މަގު ފިޔަވާ އެއްވެސް މަގަކަށް ސަމާލުކަން ދީފައި ނުވާކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޮތީ ސިޓީ ކައުންސިލުގެ ބާރުތައް ހަނިކޮށްފައި ކަމަށާއި އޭރު މަގު ހެދުމުގެ ކަންކަން ކުރީ ހައުސިން މިނިސްޓްރީގެ ދަށުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އާ ސަރުކާރު އައުމަށް ފަހު ކައުންސިލަށް ބާރުތައް ދިން ނަމަވެސް، މަގު ހެދުމަށް ބޭނުންވާ ތަކެތީގެ ސްޓޮކު ނެތުމުގެ އިތުރުން ބަޖެޓެއް ވެސް މަގުތައް ހެދުމަށް ކަނޑައަޅާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް