ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި ބައިވެރިވާ ދުވުންތެރިން، ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކައިގެން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
50% ލިބޭނީ ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފުރަތަމަ1000 ބައިވެރިންނަށެވެ. ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި ބައިވެރިވުމުގެ ފީ އަކީ 100 ރުފިޔާއެވެ. ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް ދައްކަން ޖެހޭނީ 50 ރުފިޔާއެވެ.
ދިރާގު ޕޭގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ވެސް ރެޖިސްޓްރޭޝަން ފީ ދެއްކޭނެ އެވެ. ދިރާގު ޕޭއަކީ ދިރާގުން ތައާރަފުކޮށްފައިވާ ކޭޝްލެސް ވޮލެޓެކެވެ. ދިރާގު ޕޭ ޕްލޭ ސްޓޯރު އަދި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.
https://twitter.com/Dhiraagu/status/1161181142311211008
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ދިރާގު މޯލްޑިސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ގޮތުން އެކްރިޑޭޓް ކޮށްފައިވާ ހަމައެކަނި ދުވުމެވެ. މިއީ މި ދުވުން ބާއްވާ 13 ވަނަ އަހަރެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ރެޖިސްޓްރޭޝަން މިހާރު ފަށާފައިވާ އިރު މި އަހަރުގެ ރޭހުގައި ދެ ކެޓަގަރީއެއްގެ ދުވުން އޮންނާނެ އެވެ. އެއީ ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް