އައިޖީއެމްއެޗް ގައި ހައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.
ހައްޖުވެރިންނަށް ފަސޭހަކަމާއެކީ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން އައިޖީއެމްއެޗްގައި ހުޅުވި މި ކްލިނިކް ކޮންމެ ހަފްތާއެއްގެ އާދިއްތައިން ބުރާސްފަތި ދުވަހާ ހަމައަށް މެންދުރު 2.00 - ރޭގަނޑު 10.00 އަށް ހިދުމަތް ދޭނެއެވެ.
އައިޖީއެމްއެޗުން މި ހާއްސަ ކްލިނިކް ހުޅުވީ، ކޮންމެ އަހަރަކުވެސް ހައްޖު މޫސުމާއި އެކު ގިނަ ބަލިތައް ފެތުރުރޭތީއެވެ.
އެކަން އެޗްޕީއޭއިން ވެސް ވަނީ ފާހަގަކޮށްފައެވެ. ހައްޖުވެރިން ހާއްސަ ސާމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އެދެއެވެ. އެގޮތުން އެޗްޕީއޭ އިން ބުނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައުމާއި ކެއްސުމާއި ނޭވާލާން އުދަނގޫވާނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންވާނެ ކަމަށެވެ. އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ނިވާކުރަން ސަމާލުކަން ބަހައްޓަން ޖެހޭ ކަމަށާއި ރޯގާ ޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިއުމާއި ބަލިބޮޑު ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަހަރު ރާއްޖެއިން 5 ގުރޫޕަކުން 2000 މީހުން ވަނީ ހައްޖަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް