ފުވައްމުލަކާއި ތިނަދޫގައި ރައީސް ޔާމީނަށް ތާޢީދު ބޮޑު – ޑރ.ޝަހީމް

ފުވައްމުލަކާއި ތިނަދޫ އަށް ކުރެއްވި ދަތުރުގައި ފާހަގަކުރެވެނީ ދެ ތަނުގައިވެސް ރައީސް ޔާމީނަށް އޮތް ތާޢީދު ވަރަށް ބޮޑުކަން ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެ...

20 Aug 2018 | 16:42

ފުވައްމުލަކާއި ތިނަދޫ އަށް ކުރެއްވި ދަތުރުގައި ފާހަގަކުރެވެނީ ދެ ތަނުގައިވެސް ރައީސް ޔާމީނަށް އޮތް ތާޢީދު ވަރަށް ބޮޑުކަން ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ފުވައްމުލަކާއި ތިނަދުއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް މިއަދު މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ޑރ. ޝަހީމް ވިދާޅުވީ އެހެންކަމުން 23 ސެޕްޓެމްބަރުގައި އޮންނަ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމުގެ ޔަޤީން ކުރެވޭ ކަމުގަ އެވެ.

ޑރ.ޝަހީމް ވިދާޅުވީ ސަރުކާރުން ގެންނަ ތަރައްޤީ ރައްޔިތުން ބަލައިގަންނަ ކަމަށާއި އެކަން ދަތުރުން ހާމަވެގެންދިޔަ ކަމުގަ އެވެ. ރަށްރަށުގައި ކުރިޔަށް ގެންދާ އަދި ނިމިފައިވާ މަޝްރޫޢުތަކުގެ އަގު ރައްޔިތުން ވަޒަން ކުރާކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ. ރަށްރަށަށް މިކުރެއްވި ދަތުރުގައި ގޭބިސީތަކަށް ވަޑައިގެން ރައްޔިތުންނާ ވާހަކަދެއްކެވި ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހާ އަދި ހާއްސަކޮށް ޒުވާނުންނަށް ބޭނުންވާ ކަންތައްތަކާއި ހާލަތާއި ބެހޭގޮތުން ވާހަކަދެއްކިން. އަދި އެމީހުން ބޭނުންވާ ކަންކަމުގެ ވާހަކަވެސް ހިއްސާކުރި. ސަރުކާރުން ޒުވާނުންނަށްޓަކައި ގާއިމްކޮށްދީފައިވާ އަގުހުރި ވަސީލަތްތަކުގެ އަގުވަޒަން ކުރާ ވާހަކަ ޒުވާނުންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން އަޑުއެހިން. ރަށްތަކަށް އަންނަ ތަރައްގީގެ ވާހަކަ އަޑުއެހިން." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމްގެ މިދަތުރުފުޅުގައި ވަނީ ގދ.ތިނަދޫ އާއި ފުވައްމުލަކުގައި ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދަވާފަ އެވެ. އެގޮތުން ޖަގަހަ ތައް ހުޅުވުމާއި ހިނގާލުން ބޭއްވުމާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދޮރުން ދޮރަށް ވަނީ ހިންގަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް