ކުރިޔަށް އޮތް 24 ގަޑީރު ރާއްޖޭގެ ހުރިހާ ހިސާބަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ- މެޓް އޮފީސް

ކުރިޔަށް އޮތް 24 ގަޑީރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ(މެޓް) އޮފީހުން ބުނެފި އެވެ. މެޓް އޮފީހުން ބުނީ ކުރިޔަށް އ...

20 Aug 2018 | 15:07

ކުރިޔަށް އޮތް 24 ގަޑީރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ(މެޓް) އޮފީހުން ބުނެފި އެވެ. މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑީރު ކެރީގެ އަސަރު ކުރާނެ ކަމުގަ އެވެ.

ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ، ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނެއްގަ އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ ، ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގައި އާދައިގެ ވަރަކަށް ގަދަވާނެކަމުގަ އެވެ. އަދި ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް