އިބޫ އަކީ އެއްމެންނާ ގުޅޭ އިޚްލާސްތެރި ބޭފުޅެއް، އިބޫ އަށް ވޯޓް ދެއްވާ : އެމްޕީ އިލްހާމް

އިބޫ އަކީ އެއްމެންނާ ގުޅޭ އިޚްލާސްތެރި ބޭފުޅެއް، އިބޫ އަށް ވޯޓް ދެއްވާ : އެމްޕީ އިލްހާމް ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު އަކީ އެއްމެންނާ ގުޅޭ އިޚްލާސްތެރި ބޭފުޅެއްކަމަށާއ...

20 Aug 2018 | 12:03

އިބޫ އަކީ އެއްމެންނާ ގުޅޭ އިޚްލާސްތެރި ބޭފުޅެއް، އިބޫ އަށް ވޯޓް ދެއްވާ : އެމްޕީ އިލްހާމް

ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު އަކީ އެއްމެންނާ ގުޅޭ އިޚްލާސްތެރި ބޭފުޅެއްކަމަށާއި އިބޫ އަށް ވޯޓްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަބަލުން އިލްހާމް އަހުމަދުގެ ފަރާތުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އިބޫ އާއި އެކީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރައްވަން ދެދައުރު ލިބިވަޑައިގެންނެވި ކަމަށެވެ. " ފެނުނީ އެއްމެނާ ގުޅޭ އެކުގާ މަސައްކަތްކުރަން ފަސޭހަ، ވަރަށް ކެތްތެރި މަޑުމައިތިރި، އެހެން މީހުންގެ ވާހަކަތަކަށް އިހްތިރާމް ކުރައްވާ، ކޮމިޓްމެންޓަށް އޮނަރކުރައްވާ ތެދުވެރި ޝަޚުސިއްޔަތެއްގެ ގޮތުގައި" ކަމަށް އިލްހާމް ވިދާޅުވިއެވެ.

https://twitter.com/mashaAish/status/1031120236328546304?ref_src=twsrc%5Etfw

ގޮނޑި ގެއްލިފައިވާ ކަމާއި ދޭތެރޭ ސުވާލު އުފެދިފައިވާ އިލްހާމް އަހުމަދު މިވަގުތު ހުންނެވީ ޖަލުގައެވެ.  ސިޔާސީ ގިނަ ފަރާތްތަކުން ވަނީ އިބޫ އަށް ތާއީދުކުރައްވާކަން ހާމަ ކުރަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމާއި އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް