މިދުވަސް ވަރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަޔަކީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޮޕްރާ އާއި އެމެރިކާ ގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ގެ އެންގޭޖްމެންޓް ގެ ވާހަކައެވެ. އެތައް ބައެއްގެ ލޯތައް މި އެންގޭޖްމެންޓަށް އަމާޒުވެފައިވާއިރު މިޖޯޑަށް އެތައް ބަޔެއް އަންނަނީ މަރުޚަބާ ކިޔާ، ހެޔޮއެދުން ތައް ރައްދު ކުރަމުންނެވެ.
ޕްރިޔަންކާ އާއި ނިކް އަށް މަރުޚަބާ ކިޔަމުން އަންނަ މީހުންގެ ލިސްޓުން އެ ދެމީހުންގެ ކުރީގެ ލޯބިވެރިންވެސް މިވަނީ ޖާގަ ހޯދާފައެވެ. އެގޮތުން ޕްރިޔަންކާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރުވެސް މިވަނީ މިލިސްޓުން ޖާގަހޯދާފައެވެ. ޝާހިދު ކަޕޫރު އެންމެ ފަހުން ކުޅުނު ފިލްމުކަމަށްވާ ބައްޓި ގުލް މިތުރު ޗަލްގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޝާހިދު މިވަނީ ޕްރިޔަންކާއަށް މަރުޚަބާ ކިޔާ ހެޔޮ އެދުންތައް ރައްދުކޮށްފައެވެ. އަދި އެވަރުން ނިންމާލީކީ ނޫނެވެ. ޝާހިދު ބުނެފައިވަނީ އޭނާގެ ތަޖުރިބާއިން ކައިވެންޏަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.
ކޮންމެ އަކަސް ކުރިޔަށް އޮތް ތަނުގައި އަދި މިފަދަ އެތައް މަރުޚަބާތަކެއްގެ އަޑު އިވިގެން ދާނެތާ އެވެ. ޕްރިޔަންކާ އާއި ނިކް އެންގޭޖް ކޮށްފައި ވަނީ އިންޑިޔާގައި އެކަމަށް ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. އެންގޭޖްމެންޓަށް ފަހު މިދެމީހުން ވަނީ ޕާޓީ އެއްވެސް ދީފައެވެ. އެންގޭޖްމެންޓަށް ނިކް ގެ އާއިލާ އިންޑިޔާއަށް އާއިރު މިހާރު ނިކް އާއި އޭނާގެ އާއިލާ ވަނީ އިންޑިޔާއިން ފުރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް