ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް ފައިސަލް ނަސީމް ކެމްޕޭން ދަތުރުފުޅެއްގައި މިއަދު އެމަނިކުފާނުގެ އުފަން ރަށްކަމަށްވާ ފުވައްމުލަކަށް ވަޑައިގެންފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދެ ދުވަހުގެ ދަތުރު ފުޅެކެވެ.
ފައިސަލް ނަސީމް ގެ މިދަތުރުފުޅުގައި ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދޮރުން ދޮރަށް ހިންގަވާނެއެވެ. މީގެކުރިންވެސް ފައިސަލް ވަނީ ފުވައްމުލަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފައެވެ.
މީގެކުރިން ޕީޕީއެމް ގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ކެމްޕޭން ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ފަސްވަރަކަށް ދުވަހު ހުންނަވާ ކެމްޕޭންގެ ހަރަކާތްތައް ކުރިޔަށް ގެންދަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް