ކެރަލާ ސްޓޭޓަށް 50,000 ޑޮލަރުގެ ފައިސާގެ އެހީ ރާއްޖެއިން ދެނީ

އިންޑިޔާގެ ކެރަލާ ސްޓޭޓްގައި ފެން ބޮޑުވުމުގެ ސަބަބުން ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، 50,000 ޑޮލަރުގެ ފައިސާގެ އެހީއެއް ވުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ. ޤައުމީ ހިތާމައ...

20 Aug 2018 | 05:14

އިންޑިޔާގެ ކެރަލާ ސްޓޭޓްގައި ފެން ބޮޑުވުމުގެ ސަބަބުން ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، 50,000 ޑޮލަރުގެ ފައިސާގެ އެހީއެއް ވުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.

ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، ޚާއްޞަކޮށް މި ހާދިސާގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ހަމްދަރުދީ ފޮނުއްވައި، ހާދިސާގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

މި އޯގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކެރަލާއަށް ކުރަމުންދާ ގަދަ ވިއްސާރައާއި ފެން ބޮޑުވުމުގެ ހާދިސާގައި 200 އެއްހާ މީހުން މަރުވެ، 6 ލައްކަ އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް