މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވައިދޭނަން – އިބޫ

މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވައިދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ވިދާޅުވެއްޖެ އެވެ. ރޭ ހެންވޭރުގައި ، އިދިކޮޅު ކޯލިޝަންގެ...

20 Aug 2018 | 05:04

މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވައިދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ވިދާޅުވެއްޖެ އެވެ. ރޭ ހެންވޭރުގައި ، އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހުޅުވާދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މާލޭގެ ގެތަކަށް ދޮރުން ދޮރުން ހިނގާ މީހުންނާ ބައްދަލުވުމުން، މީހުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑު ވުމެއްގެ ގޮތުން ފާހަގަކުރެވުނު އެއް މައްސަލަޔަކީ މާލެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ކަމަށެވެ.

އެތައް ދުވަހެއްވީ މިމައްސަލައަށް މިއަދާ ހަމައަށް އާއިރުވެސް ހައްލެއް އައިސްފައިނުވާއިރު، ގެދޮރަށް ކުރިމަތިލާ ފަރާތްތަކަށް އިންސާފުވެރިކަމާއެކު ގެދޮރު ލިބޭނެ ގޮތް މިސަރުކާރުން ހަމަޖައްސާފައިނުވާކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ މަކަރާއި އޮޅުވާލުމުގެ ތެރެއިން ، މިސަރުކާރަށް ފެންނަ ބަޔަކަށް ގެދޮރާއި ފްލެޓް ދެމުން ގެންދާ ކަމަށެވެ.

" އަޅުގަނޑުމެންގެ ނޯންނާނެ މިނިސްޓަރުންގެ ލިސްޓެއް. އަޅުގަނޑުމެންގެ އޮންނާނީ މާކްސްދެވޭ އުސޫލުން އެންމެ މަތިން މާކްސްލިބޭ ފަރާތަކަށް އިންސާފުން ބޯހިޔާވަހިކަން ހޯދައިދިނުން. އެގޮތުން މާކްސް ދެވޭއިރު، ބަލާ ފާސްކުރާއިރު ، އޭގެތެރޭގައި މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން އަޅުގަނޑުމެން އިވެލުޔޭޝަން ކުރިޔަށް ގެންދާނީ. " އިބޫ ވިދާޅުވި އެވެ.

މީގެއިތުރުން އިބޫ ވިދާޅުވީ ގެދޮރަށް ދައްކަން ޖެހޭ ފައިސާ މިހާރު މިވަނީ އަތްމައްޗަށް ބުރަކަޔަށްވެފައި ކަމުގަ އެވެ. އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ފްލެޓްގެ އަގުތައް މިހާރަށްވުރެ ތިރިކުރާނެ ކަމުގައި އިބޫ ވިދާޅުވި އެވެ.  " އަޅުގަނޑުމެންގެ ވެރިކަމެއްގައި ގެދޮރާއި ބެހޭގޮތުން، ހައުސިންގ އާ ބެހޭގޮތުން ، ޚާއްސަ ސްކީމެއްގެ ދަށުން ލުއިލޯނެއް ދިގުމުއްދަތަށް ދައްކާ ހަލާސްކުރެވޭ ގޮތަށް އެކަން ހަމަޖެހިގެންދާނެ. " އިބޫ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް