ޢަރަފާތް ދުވަހުގެ ހެޔޮކަން ލިބިގަންނާނީ ކިހިނެއް؟

ޢަރަފާތް ދުވަހަކީ ހަމައެކަނި ޢަރަފާތު ބިމުގައި ތިބޭ މީހުންނަށް އެކަނި ޚާއްސަ ދުވަހެއް ނޫނެވެ. ޙައްޖަށް ދެވުމުގެ ކުޅަދާނަކަން ލިބިގެން ނުވާ އެންމެންނަށްވެސް އެދުވަހުގެ ހެޔޮކަމާއި ދަރުމަ ލިބިގަތުމަށް މަ...

20 Aug 2018 | 04:53

ޢަރަފާތް ދުވަހަކީ ހަމައެކަނި ޢަރަފާތު ބިމުގައި ތިބޭ މީހުންނަށް އެކަނި ޚާއްސަ ދުވަހެއް ނޫނެވެ. ޙައްޖަށް ދެވުމުގެ ކުޅަދާނަކަން ލިބިގެން ނުވާ އެންމެންނަށްވެސް އެދުވަހުގެ ހެޔޮކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރެވޭނެ އެވެ. އެކަން ބަޔާންކޮށް ޑރ. މުހައްމަދު އިޔާޒު ޢަބްދުލް ލަތީފު އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގައި ވަނީ ތަފްސީލުކޮށް އެދުވަހު ކަންތައްތައް ކުރަންވީ ގޮތުގެ އިރުޝާދު ސުންނަތާއި ހަދީޘުގެ އަލީގައި ވިދާޅުވެ ދެއްވާފައެވެ. މިލިޔުމުގައި މިޚާއްސަ ކޮށްލަނީ އެގޮތުގެ މަތިން ޑރ. މުހައްމަދު އިޔާޒު އަރަފާތް ދުވަހާއި ގުޅޭގޮތުން އެކި މީހުން ކޮށްފައިވާ ސުވާލުތަކަށް ދެއްވާފައިވާ ޖަވާބު ތަކެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ޙައްޖު ދުވަހު ރޯދަ ހިފުމާއި ގުޅޭގޮތުން ހަދީޘްގެ އަލީގައި ޑރ. އިޔާޒު ވިދާޅުވެފައިވަނީ ހައްޖު ދުވަހު ރޯދަ ހިފުމަކީ ކުރީ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ކަމެއްކަމަށް ހަދީޘްގައި ވާކަމުގައެވެ. ގިނަބަޔެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ  ރަމަޟާން މަހުގެ ގެއްލިފައިވާ ރޯދަ ޤަޟޯ ނުކޮށް ޙައްޖު ދުވަހުގެ ރޯދަ ހިފިދާނެތޯ؟ އުސުވާލުގެ ޖަވާބުގައި ޑރ.އިޔާޒު ވިދާޅުވެފައިވަނީ ޙައްޖު ދުވަހު ގެއްލުނު ރޯދަ ހިފުމުގެ ނިޔަތުގައި ހިފާށެވެ. އޭރުން ޤަޟޯ ރޯދަވެސް ހިފުނީ އެވެ. އަދި ޙައްޖު ދުވަހު ރޯދައަށް ހުރި މީހާއަށް ލިބޭ ދަރުމަވެސް ލިބުނީ ކަމުގަ އެވެ.

ޢަރަފާތު ދުވަހު ރޯދައަށް ނުތިބެވޭ އަންހެން ކަނބަލުންނަށް ޢަރަފާތު ދުވަހުގެ ރޯދައިގެ ޘަވާބު ނުލިބޭނެތޯ އެއީވެސް ގިނަ އަންހެނުން ސާފުކުރަން ބޭނުންވާނެ ކަމެއްކަން ޔަޤީނެވެ. އެސުވާލުގެ ޖަވާބުގައި ޑރ.އިޔާޒު ވިދާޅުވެފައިވަނީ " އެކަނބަލުން އަރަފާތު ދުވަހު ރޯދަ ހިފުމުގެ ނިޔަތް އޮވެފައި، ރޯދަ ނުހިފުނީ  ޝަރުޢީ އުޒުރެއް އޮވެގެންނަމަ ، ރޯދަ ހިފި ފަދައެވެ. މާނައަކީ ރޯދަ ނުހިފި ނަމަވެސް ހިފި މީހަކަށް ލިބޭ ޘަވާބާއި ދަރުމަ ލިބޭނެއެވެ."

ދެން އޮތީ ޢަރަފާތް ދުވަހު ރޯދައަށް ނުހުރެވޭނަމަ ، ދެން ކުރުން އެންމެ ރަނގަޅީ ކޮންކަމެއްތޯ ބެލުމެވެ. އެސުވާލުގެ ޖަވާބުގައި ޑރ.އިޔާޒު ވިދާޅުވެފައިވަނީ ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމެވެ. އަދި މީސްތަކުންނަށް ހެޔޮފޯރި ކޮށްދިނުމަކީވެސް ޢަރަފާތް ދުވަހުގެ ހެޔޮ ދަރުމަޔާއި ޘަވާބު ހޯދުމަށް ކުރެވޭނެ ކަންކަމެވެ.

އެހެންކަމުން މިއަދު މިކަންކަމަށް ޚާއްސަ އިސްކަމެއް ދިނުން ކިހިނެއްތޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް