އިދިކޮޅު 13 މެންބަރެއްގެ މައްޗަށް ދައުވާ އުފުލައިފި

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވަލާ ގަދަކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަތް މައްސަލައިގަ އިދިކޮޅު 12 މެންބަރުންގެ މަައްޗަށް ދައުވާ އުފުލައި، މެންބަރުންނަށް ރިޝްވަތު ...

20 Aug 2017 | 09:48

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވަލާ ގަދަކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަތް މައްސަލައިގަ އިދިކޮޅު 12 މެންބަރުންގެ މަައްޗަށް ދައުވާ އުފުލައި، މެންބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ ދިއްގަރު ދާއިރާގެ މެންބަރު ފަރިސް މައުމޫންގެ މައްޗަށް އުފުލައިފި އެވެ.

މަޖިލީހަށް ގަދަކަމުން ވަތް މައްސަލައިގަ ދައުވާ ކުރަނީ އެމްޑީޕީގެ ހަ މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންނާއި ޕީޕީއެމް ރައީސް މައުމޫނަށް ތާއީދު ކުރައްވާ ތިން މެންބަރުންގެ އިތުރުން މިނިވަން މެންބަރެކެވެ. ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ މި މެންބަރުންގެ މައްޗަށް ކޮށްދިނުމަށެވެ.

މަޖިލީސް އިދާރާއަށް ވެންނެވި މައްސަލައިގަ ދައުވާ އުފުލާ މެންބަރުން:

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ)

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން

ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް

ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް

ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ

މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް

ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

މީގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ މައްޗަށް ވަނީ ހުއްދަ ނޫންތަނަކަށް ވަތްކަމުގެ ދައުވާވެސް އުފުލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް