ލަވަކިޔުންތެރިޔާ އާތިފް ކުއްލި ގޮތަކަށް ނިޔާވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މޭޖާ އަހުމަދު އާތިފް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. މިއުޒިކީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ،  މޭޖާ އާތިފަކީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގޭ...

20 Aug 2017 | 09:19

މަޝްހޫރު ލަވަކިޔުންތެރިޔާ މޭޖާ އަހުމަދު އާތިފް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މިއުޒިކީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ،  މޭޖާ އާތިފަކީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޢޭނާ އަކީ އެމްއެންޑިއެފް ބޭންޑުގައި އިސް ދައުަރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

އާތިފް ނިޔާވިކަން އެމްއެންޑިއެފުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނިޔާވި އިރު އާތިފް ހުންނެވީ އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓުގެ އެންމެ އިސް ބޭފުޅާގެ ގޮތުގައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އާތިފް ނިޔާވިކަން އެނގުނި މިއަދު ހޭނުލައިގެން ބެލި އިރު އެވެ. އަދި ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސް ބެލި އިރު ނިޔާވެފައިވާތާ ހަ ގަޑިއިރު ވެފައިވާ ކަމަށް ބުނި ކަމަށެވެ.

މަޝްހޫރު ކޮޕްސް ބޭންޑްގެ އިސް ލަވަކިޔުންތެރިޔާގެ ގޮތުގައި އާތިފް ވިދާޅުވެފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދޭނަން ހިތާ ޖާނާ..."، "ގެންދާށެ ވަޔާއޭ..."، "ޖޯޝޭ ގެނައިމީ ގައުމީ އުފާ..." ފަދަ ލަވަތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް