ދުވުމުގެ އެތައް މެރަތަން އެއް ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ން މާލޭން ބޭރުގައި ބާއްވާ ފުރަތަމަ މެރަތަން 'ރަން އިން އައްޑޫ' ގެ މެއިން ސްޕޮންސަރަކަށް ކޮކާލޯ ހަމަޖައްސައިފި އެވެ.
މި މެރަތަންގެ މެއިން ސްޕޮންސަރަކަށް ކޮކާކޯލާ ހަމަޖައްސާފައިވާއިރު މި މެރަތަންގެ އިއްޔެ ވަނީ ލޯންޗް ކޮށްފަ އެވެ. މި ސްލޯގަން ލޯންޗް ކުރުމަށް މާލޭގައި އިއްޔެ ދުވުމެއް ބާއްވާފައިވާއިރު ސްލޯގަން އަކީ އައްޑޫގެ ލިންކްރޯޑްގައި ހިނާގާ އެކްސިޑެންޓްތަކާ ގުޅިގެން، އެކަމުން ރައްކާތެރި ވުމަށް ފޯރު ކޮށްދޭ މެސެޖެކެވެ. ސްލޯގަން އަކީ 'ބްރޭކް ޔުއަރ ސްޕީޑް' މިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ އެ މެރަތަންގެ މަގްސަދަކީވެސް އައްޑޫގައި ހިނގާ އެކްސިޑެންޓްތަކާމެދު މީހުން ހޭލުންތެރި ކުރުވުން ކަމަށެވެ.
ފާއިތުވި ތިން އަހަރުވެސް ޓީއެފްޖީން މާލޭގައި މެރަތަން ބާއްވާފައިވާއިރު، އެ މެރަތަންތައް ބާއްވާފައިވަނީ ކޮކާކޯލާއާއި ގުޅިގެންނެވެ.
ރަން އިން އައްޑޫ ލޯންޗް ކުރުމަށް ބޭއްވި ދުވުމުގައި ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރ މިލިންދު ދެރާސަރީވެސް ބައިވެރިވެ ހަތަރު ކިލޯމީޓަރުގެ ދުވުން ފުރިހަމަ ކޮށްފައި ވެ އެވެ. ދުވުން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީ ވިދާޅުވީ އިވެންޓަކީ ޓީއެފްޖީން ވަރަށް ފުރިހަމަކޮށް ބާއްވަމުން އަންނަ އިވެންޓެއް ކަމަށާއި މި ފަހަރު މި އަޅަނީ މުޅިން އާ ފިޔަވަޅެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖެ އަށް ދުވުމުން ޕްރޮމޯޓްކުރުމުގެ މަސައްކަތެއް ކަމަށާއި ކޮކާކޯލާ އިން މި މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް