ނައިޖީރިޔާގެ ސަރުކާރުގެ އެކި އެކި އޮފިޝަލުން ރިޝްވަތުގެ ގޮތުގައި އާންމު ރައްޔިތުންގެ އަތުން އަހަރަކު ބިލިޔަނަކަށްވުރެ ގިނަ ޑޮލަރު ނަގާކަމަށް އެގައުމުގެ ސްޓެޓިސްޓިކްސް އޮފީހުން ހާމަކޮށްފި އެވެ.
ސްޓެޓިސްޓިކްސް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިކަމަށް ހާއްސަ ސާވޭއެއް ކުރުމަށްފަހުގަ އެވެ.
އެގައުމުގެ އާންމު ފަރުދުންގެ މެދުގައި ކުރިއަށްގެންދިޔަ ސާވޭއިން ދައްކާފައިވާގޮތުގައި އެންމެ ގިނައިން ރިޝްވަތުގެ އަމަލު ހިންގަނީ އެގައުމުގެ ފުލުސް އޮފިޝަރުންނެވެ.
އެ ސާވޭގައި ހާމަކޮށްފައިވާގޮތުގައި ސަރުކާރުގެ ބައެއް ހިދުމަތްތަކަކީ ރިޝްވަތު ދިނުމަކާއި ނުލާ އެއްގޮތަކަށްވެސް ލިބޭ ހިދުމަތްތަކެއް ނޫނެވެ. އަދި ބައެއް އޮފިޝަލުން ރިޝްވަތު ނަގަނީ ފާޅުގައި ކަމުގައިވެސް އެ ސާވޭގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް