އަދުގެ ދުނިޔޭގައި ދުބާއީން ދެކެމުން އަންނަ ތަރައްގީއާއި ވަކި ވަކި ފަރުދުންގެ ކާމިޔާބީގެ ސިއްރަކީ ބަސް މަދުކޮށް އަމަލު ގިނަ ކުރުން ކަމުގައި ދުބާއީގެ އަމީރު އަދި ދުބާއީގެ ބޮޑުވަޒީރު ކަމާއި ނައިބު ރައީސްކަންވެސް ކުރައްވަމުންގެންދަވާ ޝެއިހް މުހައްމަދު ބިން ރާޝިދު ވިދާޅުވެއްޖެ އެވެ.
ދުބާއީގެ އަމީރު މިހެން ވިދާޅުވެފައިވަނީ "ވޯލްޑް ހިއުމަނިޓޭރިއަން ޑޭ" އާއި ދިމާކޮށް އިއްޔެ ކުރައްވާފައިވާ ޓްވީޓްތަކެއްގަ އެވެ.
އެމަނިކުފާނުގެ ޓްވީތްތަކުގައި ވިދާޅުވެފައިވަނީ ދުބާއީ ރައްޔިތުންގެ ކާމިޔާބީގެ ސިއްރަކީ ބަސް މަދުކޮށް އަމަލު ގިނަ ކުރުމާއި އިލްމާއި ހިލްމުން އުނގެނޭ އުނގެނުން މަސައްކަތަށް ބަދަލު ކުރުން ކަމަށެވެ.
ދުބާއީގެ އަމީރު ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ ހަގީގީ ކާމިޔާބީއަކީ ކާމިޔާބީގެ ތާރީހެއް ބިނާ ކުރުން ކަމަށާއި މަސައްކަތު މީހާއިން ފެށިގެން މިނިސްޓަރުންނާއި ހަމައަށް އެ ޝަގާފަތް އޮންނަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް