މިސްރުގެ ދެމަފިރިއަކު އެކަކު އަނެކަކުގެ އެދުންތައް ފުއްދައިދޭނެ އަގުތައް ކަނޑައަޅައިފި !

މިސްރުގެ ދެމަފިރިއަކު އެކަކު އަނެކަކުގެ އެދުންތައް ފުއްދައިދޭނެ އަގުތައް ކަނޑައަޅައި އެ އަގުތަކުގެ ލިސްޓް ސޯޝަލް މީޑިއާގައި، އާންމުންނާއި ހިއްސާ ކޮށްފި އެވެ. މި އަގުލިސްޓަށް ސޯޝަލް މީޑިއާގައި ބޮޑު ތަރ...

20 Aug 2017 | 02:13

މިސްރުގެ ދެމަފިރިއަކު އެކަކު އަނެކަކުގެ އެދުންތައް ފުއްދައިދޭނެ އަގުތައް ކަނޑައަޅައި އެ އަގުތަކުގެ ލިސްޓް ސޯޝަލް މީޑިއާގައި، އާންމުންނާއި ހިއްސާ ކޮށްފި އެވެ.

މި އަގުލިސްޓަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު އަގުލިސްޓް ފުރަތަމަ ފޮނުވާފައިވަނީ ސާމިޔާ ނަމަކަށްކިޔާ އަންހެނެކެވެ. އެ އަންހެންމީހާ އަގުލިސްޓް ކަނޑައަޅާފައިވަނީ އޭނާގެ ފިރިމީހާ، މަހްމޫދަށެވެ.

ސާމިޔާގެ އަގުލިސްޓްގައި ބުނެފައިވަނީ ބިއްލޫރި ތައްޓެއްގައި ޖޫސް ނުވަތަ ފެން، ފިރިމީހާއާއި ހަމައަށް ގެންދިއުމަށް 5 ޕައުންޑު ޗާޖު ކުރާނެ ކަމަށެވެ. ޓީވީ ރިމޯޓް ދިނުމަށާއި ބަދިގެއަށް ވަނުމަށް 10 ޕައުންޑް ޗާޖު ކުރާނެ ކަމަށެވެ. އަދި އިސްތިރި ކުރުމަށާއި ކައި ނިމުމުން ތަށި ދޮވުމަށާއި ކެއްކުމަށް 15 ޕައުންޑާއި 40 ޕައުންޑާއި ދެމެދުގެ އަގެއް ޗާޖު ކުރާނެ ކަމަށެވެ.

ބަދަލުގައި މަހްމޫދުވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސާމިޔާއަށް އަގުލިސްޓެއް ފޮނުވާފަ އެވެ. އެ އަގުލިސްޓްގައިވާގޮތުން އަނބިމީހާގެ އެދުމެއް ފުއްދައިދޭ ކޮންމެ ފަހަރަކު 5 ޕައުންޑް ޗާޖު ކުރާނެ ކަމަށެވެ. ބޮތްކެއް އަނދައިގެން ބޮތްކެއް ބަދަލު ކުރަން ޖެހިއްޖެ ނަމަ 15 ޕައުންޑް ޗާޖު ކުރާނެ ކަމަށެވެ. އަދި ދަރިން ބެލުމަށް 30 ޕައުންޑް ޗާޖު ކުރާނެ ކަމަށެވެ.

ސާމިޔާ އަދި މަހްމޫދުގެ ހިދުމަތުގެ އަގުލިސްޓް ސޯޝަލް މީޑިއާގައި ވައިރަލްވަމުން އަންނައިރު މިސްރުގައި މިކަންވަނީ ޓްރެންޑަކަށް ވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް