ޒަހަމްވެފައިތިބި ރޯހިންޏާގެ މުސްލިމުން ބަންގްލަދޭޝަށް ނޭރުވި !

ރޯހިންޏާގެ މުސްލިމުންނަށް އަނިޔާކުރަމުން އަންނައިރު އަދި އެ އަނިޔާއިން މިންޖުވުމަށް އޮޑިފަހަރުތަކުގައި ރޯހިންޏާގެ މުސްލިމުން އެ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުން އަން...

20 Aug 2017 | 01:59

ރޯހިންޏާގެ މުސްލިމުންނަށް އަނިޔާކުރަމުން އަންނައިރު އަދި އެ އަނިޔާއިން މިންޖުވުމަށް އޮޑިފަހަރުތަކުގައި ރޯހިންޏާގެ މުސްލިމުން އެ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުން އަންނައިރު، ޒަހަމް ވެފައިތިބި ބަޔަކު ތިބި ރޯހިންޏާއަށް ނިސްބަތްވާ ބަޔަކު ބަންގްލަދޭޝްއަށް ވަންނަށް އުޅުމުން އެގައުމުގެ ކޯސްޓްގާޑުން އެމީހުން ފައްސާލައިފި އެވެ.

އިއްޔެގެ ހެނދުނު ވަގުތެއްގައި ހިނގި މި ހާދިސާ މީޑިއާގައި ރިޕޯޓް ކޮށްފައިވާއިރު ބަންގްލަދޭޝާއި ދިމާއަށް ދަތުރުކުރި ބޯޓުގައި 31 މުސްލިމުން ތިއްބެވެ. އޭގެ ތެރޭގައި ޒަހަމްވެފައިވާ ކުޑަކުދިންނާއި އަންހެނުން ތިއްބެވެ.

އޭއެފްޕީއަށް މައުލޫމާތު ދެމުން ބަންގްލަދޭޝްގެ ކޯސްޓްގާޑުގެ ތަރުޖަމާނު ޝެއިޚް ފަޚްރުއްދީން ބުނެފައިވަނީ އެ ފައްސައިލި ބޯޓުގައި ޒަހަމްވެފައިތިބި 18 ފިރިހެނުންނާއި ޒަހަމްވެފައިތިބި 9 އަންހެނަކާއި ޒަހަމްވެފައިތިބި ކުޑަ ހަތަރު ކުދިން ތިބި ކަމަށެވެ. ނަމަވެސް ކޯސްޓްގާޑަށް ޖެހުނީ އެމީހުން އަނބުރާ ފޮނުވާލަން ކަމަށް އޭނާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް