ރަޝިޔާގެ ސިޓީއެއް ކަމުގައިވާ ސުރުގޫތުގެ މަގެއްގެ މަތީގައި މީހަކު ވަޅިން ހަމަލާދީ އަށް މީހަކު ޒަހަމް ކޮށްލައިފި އެވެ.
މަގުމަތިން ފެނުނުހާ މީހެއްގެގަޔަށް ވަޅިން ހަމަލާދެމުންދިޔަ އެމީހާގެ ގަޔަށް ރަޝިޔާގެ ފުލުހުން ބަޑިން ހަމަލާދީ މަރާލާފައިވާއިރު އެހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން މިހާރު ވަނީ އުފުލާފައެވެ.
މި ހަމަލާއާއި ބެހޭގޮތުން ރަޝިޔާގެ ސަރުކާރުން ބުނެފައިވަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމުގައި ސަރުކާރުން އަދި ނުނިންމާ ކަމަށާއި ތަހުގީގު ކުރިއަށްދާތީ ވަކި އެއްޗެއް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.
އެ ހަމަލާތަކުގައި ޒަހަމްވި ދެ މީހެއްގެ ހާލު ސީރިއަސްކަމުގައި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ސަރުގޫތަކީ ތިން ލައްކަ ވިހި ހާސް މީހުންގެ އާބާދީއެއް އޮންނަ ސިޓީ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް