އިސްރޭލު ފުލުހުންގެ ހަމަލާއެއްގައި އަނެއްކާވެސް ފަލަސްތީނު ރައްޔިތަކު ޝަހީދު ވެއްޖެ

އިޒްރޭލު ފުލުހުން އިއްޔެ ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެއްޖެ އެވެ. ޝަހީދު ވެފައިވަނީ އުމުރުން 17 އަހަރުގެ ޤުތައިބާ ޒަހްރާން ނަމަކަށްކިޔާ ކުއްޖެކެވެ. އެ ކުއްޖާއަށް އިޒްރޭލު ...

20 Aug 2017 | 01:23

އިޒްރޭލު ފުލުހުން އިއްޔެ ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެއްޖެ އެވެ.

ޝަހީދު ވެފައިވަނީ އުމުރުން 17 އަހަރުގެ ޤުތައިބާ ޒަހްރާން ނަމަކަށްކިޔާ ކުއްޖެކެވެ. އެ ކުއްޖާއަށް އިޒްރޭލު ފުލުހުން ބަޑީގެ ހަމަލާ ދިނީ އިޒްރޭލު ފުލުހަކަށް އެ ކުއްޖާ، ވަޅިން ހަމަލާ ދިން ކަމަށް ބުނެ އެވެ.

އެ ހާދިސާގައި އުމުރުން 17 އަހަރުގެ އެ ކުއްޖާ ނިޔާވެފައިވާކަން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ، މީޑިއާއަށް ޔަގީން ކޮށްދީފަ އެވެ.

އިޒްރޭލު ސިފައިން ބުނެފައިވަނީ ނަބްލުސް ސިޓީގެ ޗެކްޕޮއިންޓެއް ކައިރީގައި ފޯރިމަރަމުންދިޔަ ފުލުހެއްގެ ފަޔަށް އެ ކުއްޖާ، ވަޅިއަކުން ހަމަލާ ދީފައިވާކަމަށެވެ. ބަޑިން ހަމަލާދިނީ އެހެންވެ ކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް، ފަލަސްތީނުގެ ރައްޔިތުންގެ އެކި ހަމަލާތަކުގައި އިޒްރޭލަށް ނިސްބަތްވާ 48 މީހަކު މަރާލާފައި ވެ އެވެ. ހަމަ އެ މުއްދަތުގައި އިޒްރޭލު ސިފައިންނާއި ފުލުހުންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު އުޅެނީ 250 އަށްވުރެ މަތީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް