ހުޅުމާލޭގެ މުހިއްމު ސަރަހައްދުތަކެއްގައި ވިޔަފާރު ކުރުމުގެ ފުރުސަތު ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
މިކަން ހާމަކުރައްވާ އެޗްޑީސީން ނެރުނު އިއުލާނެއްގައިވާ ގޮތުން ވިޔަފާރި ކުރުމަށް ހުޅުވާލި ތަންތަނަކީ ސެންޓްރޯ މޯލާއި ލަގްޒަރީ އެޕާޓުމަންޓުތަކާއެކު ތަރައްގީ ކުރި ރެނާޓަސް އިތާ މުތް ކޮމްޕްލެކްސާއި، ވެއާހައުސް ޝެލް-1 އަދި ކޮމާޝަލް ބްލޮކް-އީ އެވެ.
އެޗްޑީސީން ބުނީ އޭގެ ތެރެއިން ކޮމާޝަލް ބްލޮކް-އީ ގެ ދެ ތަނެއް ވިޔަފާރި އަށް ހުޅުވާލާނެ ކަމަށެވެ. އެ ދެ ތަނާއި، ރެނާޓަސް އިތާ މުތުން ވިޔަފާރި ކުރަން ދޫކުރާނީ 10 އަހަރުގެ މުއްދަތަށެވެ.
އަދި ސެންޓްރޯ މޯލާއި ވެއާހައުސް ޝެލް-1 އަށް ވިޔަފާރި ކުރަން ފަސް އަހަރުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެޗްޑީސީން ބުނީ އެ ތަންތަނުގައި ވިޔަފާރި ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް