ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރަޖިސްޓްރާގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަންކޮށްފިއެވެ.
ކުރީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ލަމްއާން ޕީޕީއެމްގެ ރަޖިސްޓްރާ ކަމަށް އައްޔަންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިކަމާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަން ކުރެއްވީތީ ރައީސް ޔާމީނަށާއި ޕީޕީއެމްގެ ކައުންސިލް މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަސްއޫލިއްޔަތު އަދާކުރުމުގައި މާތް ﷲގެ ވާގިފުޅާއެކު ދެމި ހުންނާނެ ކަމަށެވެ.
ލަމްއާން އެ މަގާމަށް އައްޔަން ކޮށްފައިވަނީ އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ. ލަމްއާނަކީވެސް އެ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް