ސިޔަސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވުމުން ތިން ޕާޓީއެއް ޖޫރިމަނާކޮއްފިއެވެ.
ޖޫރިމަނާ ކޮއްފައިވަނީ ޕީޕީއެމްއާއި، ޑީއާރޕީ އަދި އަދާލަތު ޕާޓީއެވެ.
މި ތިން ޕާޓީ ޖޫރިމަނާ ކޮއްފައިވާއިރު ޕީޕީއެމްއިން ގާނޫނާ ހިލާފަށް ހަރަދުކޮއްފައިވާތީ 20،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާކޮށްފައެވެ.
ޕީޕީއެމްއިން ޤާނޫނާއި ޚިލާފަށް ޚަރަދުކޮށްފައިވާކަން އެޕާޓީގެ އޮޑިޓު ރިޕޯޓުން ފާހަގަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލާގައި އެޕާޓީގެ ފައިނޭންސް ކަންކަން ބަލަހައްޓާ ފަރާތްވެސް ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމްގެ ފައިނޭންސް ކަންކަން ބަލަހައްޓާ ފަރާތް 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ޕީޕީއެމްގެ އިތުރުން ދެން ޖޫރިމަނާ ކޮއްފައިވާ ޑީއާރްޕީއާ އަދާލަތު ޕާޓީ ޖޫރިމަނާ ކޮއްފައިވަނީ އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާތީ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ ޕާޓީއެއް 50،000ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް