އުމްރާއަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަނީ 53 އަހަރުގެ އަންހެނެއް ކަމަށާއި އެ އަންހެންމީހާ ގެއްލިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށ...

20 May 2019 | 08:39

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ 53 އަހަރުގެ އަންހެނެއް ކަމަށާއި އެ އަންހެންމީހާ ގެއްލިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެ އަންހެންމީހާ އެންމެ ފަހުން ދިމާވިއިރު އޭނާފަޔަށް ތަދުވާތީ އުޅުނު ކަމަށާއި އަރާމުކޮއްލަން ކުޑަ ވަގުތުކޮޅެއް މަޑުކޮއްލަން ބުނެފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ. އަދި އޭގެ ފަހުން އެ އަންހެން މީހާގެ ހަބަރެއް ވެފައި ނުވާކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެމުން ބުނެފައިވަނީ އެ ކޯޕަރޭޝަނާއި، ސަޢުދީގެ އެޖެންޓުންނާއި ގުޅިގެން ހަރަމްފުޅާއި، ހޮސްޕިޓަލްތައް ބަލަމުންއަންނަކަމަށާއި ނަމަވެސް މިހާތަނަށް އެމީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު 84 މީހުން އުމްރާއަށް ގޮސްފައިވާއިރު ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ އުމްރާއަށް ދިޔަ އެހެން މީހުންގެ ހާލު ރަނގަޅުކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް