އާސަންދަ ކޮމްޕެނީ ލިމިޓެޑް (އާސަންދަ)އިގެ އައު ވެބްސައިޓް މިއަދު ލޯންޗުކޮށްފިއެވެ.
މިއަދު މެންދުރުފަހު 03:00 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ވެބްސައިޓް ލޯންޗުކޮށްދެއްވީ އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީޤެވެ.
އާސަންދައިން ބުނެފައިވާގޮތުގައި އައު ވެބްސައިޓެއް ލޯންޗު ކުރުމުގެ މަޤްސަދަކީ މިހާރަށްވުރެ ފަސޭހަކަމާއި ހަލުވިކަމާއެކު އާއްމު ރައްޔިތުންނށް ކުންފުންޏާއި ސްކީމްގެ މައުލޫމާތު ފޯރުކޮށްދީ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމެވެ.
މި ވެބްސައިޓުން އާސަންދަ ސްކީމުގެދަށުން ހިދުމަށް ހޯދުމަށް ބޭނުންވާ ފޯމުތައް ފަސޭހަކަމާއިއެކު ލިބިވަޑައިގަންނަވާނެކަމަށާއި އަދި ސްކީމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ހިދުމަތް ލިބިވަޑައިގަންނނަވާނެ މަރުކަޒުތަކުގެ މައުލޫމާތުވެސް މި ވެބްސައިޓުން ލިބިގެންދާނެ ކަމުގައި އާސަންދައިން ހާމަކުރެއެވެ.
[contentcards url="https://aasandha.mv/" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް