އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓްގައި ކެނޑިޑޭޓުން ސޮއިކުރުން ހޮނިހިރު ދުވަހަށް ލަސްކޮއްފިއެވެ.
ވޯޓާސް ލިސްޓުގައި ސޮއި ކުރުން އަންނަ ހޮނިހިރު ދުވަހު ފެށޭތޯ މަސައްކަތް ކުރަމުންދާކަމަށް އިލްކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު، އަހްމަދު އަކްރަމް ވިދާޅުވިއެވެ. އަދި ސޮއިކުރުން ފަސްކޮއްފައިވަނީ ވޯޓާސް ލިސްޓަށް އިދާރީ ޝަކުވަ ހުށަހެޅުމުގެ މުއްދަތު އިތުރު ކޮއްފައި ވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީސީ އިން ކުރިން ނެރިފައިވާ އިއުލާނުގައި ވާގޮތުން ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 22:00 އަކާ ދެމެދު އިންތިހާބީ މަރުކަޒުގައެވެ.
އީސީއިން ވަނީ ކެންޑިޑޭޓުން ސޮއިކުރުމާބެހޭ ގަވާއިދުތައްވެސް އާންމު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް