މަސްދޯނި އޮންނަ ސަރަހައްދު ދެނެގަތުމަށް ޑިވައިސެއް ހަރުކުރަނީ

މަސްދޯނިފަހަރު ދިވެހިރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރުން މަސްވެރިކަން ކުރުމަށް ދޯނިފަހަރު ދާ މައްސަލަ ފެންމަތިވަމުން އަންނާތީ، އެކަން ހައްލުކުރަން އެކުލަވާލަންޖެހޭ ގަވާއިދުތަކާ ޤާނޫނުތައް ޑްރާފްޓު...

20 Feb 2019 | 08:42

މަސްދޯނިފަހަރު ދިވެހިރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރުން މަސްވެރިކަން ކުރުމަށް ދޯނިފަހަރު ދާ މައްސަލަ ފެންމަތިވަމުން އަންނާތީ، އެކަން ހައްލުކުރަން އެކުލަވާލަންޖެހޭ ގަވާއިދުތަކާ ޤާނޫނުތައް ޑްރާފްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދު މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، އެހެން ގައުމުގެއްގެ އިގްތިސާދީ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރުމަކީ އެ ގައުމުތަކުގެ ޤާނޫނާވެސް ހިލާފުކަމެއް ކަމަށެވެ. އަދި އެންމެ ފަހުންވެސް އިންޑިއާއިން ހިފެހެއްޓި ދޯނި ދޫކޮށްލާފައިވަނީ ދެ ގައުމު މެދުގައި އޮތް ގާތް އެެކުވެރިކަމުގެ ސަބަބުން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަލަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ދޯނިތައް އޮންނަ ސަރަހައްދު އެމްއެންޑީއެފަށް މޮނިޓަރ ކުރެވޭނެ ޑިވައިސްތަކެއް ވަރަށް އަވަހަށް މަސް ދޯނި ތަކުގައި ހަރުކުރާނެ ކަމަށެވެ.

އެމްއެންޑީފެން މިއަދު ހާމަކުރިގޮތުގައި މަސްވެރިކަމުގައި އަމަލު ކުރަންވީ ގޮތާއި ގުޅޭގޮތުން ރާއްޖޭގެ ރަށްރަށުގައި އެ މުއައްސަސާއިން އަންނަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގަމުންނެވެ.

އެމްއެންޑީއެފުން ވަނީ ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވައްޓެރި ގައުމުތަކުގެ އިގްތިސާދީ ޒޯނަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ. އަދި އުޅަނދު ފަހަރުން އަމަލުކުރުމަށް އެދިފައިވާ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އެދިފައެވެ.

ރާއްޖޭގެ އިގްތިސާދީ ޒޯނުގެ ތެރޭގައި މަސްވެރިކަން ކުރާ ބޭރު ގައުމުތަކުގެ އުޅަނދުތައް ދިވެހި ސިފައިން ވެސް ދޭތެރެއަކުން ހިފަހައްޓާ، ބެލުމުގެ ދަށަށް ގެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް