އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގާ އެމްޑީއެން އުވާލައިފި

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރި މައްސަލައިގާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން އުވާލައިފިއެވެ. އެކަން އިއުލާންކޮށް ޔޫތ...

19 Dec 2019 | 10:03

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރި މައްސަލައިގާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން އުވާލައިފިއެވެ.

އެކަން އިއުލާންކޮށް ޔޫތް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީއެން އުވާލާފައިވަނީ އެ ޖަމްއިއްޔާ އާއި ގުޅޭ މައްސަލަތައް ނިންމުމަށް ދިން 45 ދުވަސް ތެރޭ އެ ޖަމްއިއްޔާގެ ފަރާތުން މިނިސްޓްރީއަށް އެއްވެސް އެއްޗެއް އަންގާފައި ނުވާތީ ޖަމްއިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރާއަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.

އެޖަމިއްޔާ އުވާލުމަށް ރެޖިސްޓަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން ޖަމިއްޔާތަކާއި ބެހޭ ގަވާއިދުގައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި،ދަރަންޏާއި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ނޮވެމްބަރު 5 ކުން ފެށިގެން މިއަދުގެ ނިޔަލަށް ދީފައިވާ 45 ދުވަހުގެ މުއްދަތު ހިމަވިއިރުވެސް އެ ޖަމިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.

އެމްޑީއެން އުވާލިއިރު، އެ ޖަމިއްޔާއިން ނެރުނު ”ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަތަކެއް ހުރިކަމަށް ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން ޔޫތު މިނިސްޓްރީ އަށްވެސް ކަށަވަރުވެ، އެކަން ވަނީ އަންގާފައެެވެ.

އެ ޖަމިއްޔާގެ އިސް ވެރިން މިހާރު ތިބީ ރާއްޖެއިން ބޭރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް