ރެއިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގާ ތިން ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފިއެވެ.
ފުލުހުން ބުނީ އަބަދައް އުފާމަގު ދަމާސް ފަރުނީޗަރު ފިހާރަ ކައިރީގައި ޖަހާފައި ހުރި ޑިޝް އެންޓަނާއެއް މަގުމައްޗަށް ވެއްޓިފައިވާއިރު ސޯލްޓް ކެފޭ ކައިރީ ހަރުކޮށްފައި ހުރި އިސްތިހާރު ބޯޑެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ހެންވޭރު ކެފޭ ކައިރީގައި ހުރި ގަހެއް މަގުމައްޗަށް ވެއްޓިގެންވެސް ރިޕޯޓް ކުރި ކަމަށެވެ.
ނަމަވެސް މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މިތަކެތި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެ ފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ބަލައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް