އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް މެތްސް މުބާރާތެއްގައި ބައިވެރިވުމަށް ދިވެހި އެކާވީސް ކުއްޖަކު މިއަދު ފުރައިފިއެވެ.
މި މުބާރާތަކީ އިންޑިއާގެ މެންޓަލް މެތަމެޓިކްސްގައި މައްޝޫރު ކުންފުންޏެއްކަމަށްވާ ސްމާޓްކިޑް އެބަކަސް ލާރނިން ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.
އިންޓަނޭޝަނަލް އެބަކަސް މުބާރާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ޕޫނޭގައެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން ދެހާހަށްވުރެ ގިނަ ކުދިން ވާދަކުރާނެއެވެ.
މި މުބާރާތުގައި ބައިވެރިވާ ދިވެހި ކުދިންނަކީ މެންޓަލް މެތްސް ކިޔަވައިދިނުމުގައި ރާއްޖޭގެ އެންމެ ގާބިލު އިންސްޓިޓިއުޓް ކަމުގައިވާ 'ސްކިލް ހެޓްސް ޖީނިއަސް' ގެ ދަރިވަރުންނެވެ.
"މި މުބާރާތުގެ ސަބަބުން ދިވެހި ދަރިވަރުންގެ ކުޅަދާނަކަން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ. އޭގެ ސަބަބުން އެ ކުދިންގެ ސެލްފްކޮންފިޑެންސް އިތުރުވެ އެކި އެކި ފަންނުތަކުގައި ކުރިއަށްދިއުމުގެ ރޫހު އާވާނެ. އަދި ޓީމެއް ގޮތަށް އެކީގައި މަސައްކަތްކޮށްލުމަކީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ" ސްކިލް ހެޓްސްގެ މާކެޓިން މެނޭޖަރ އަބުދުލް ޖަލީލު ވިދާޅުވިއެވެ.
ސްކިލް ހެޓްސް ޖީނިއަސް އަކީ ސްމާޓްކިޑް އެބަކަސްގެ މެންޓަލް މެތަމެޓިކްސް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާ އިންސްޓިޓިއުޓެވެ.
މެންޓަލް މެތަމެޓިކްސް އަކީ ހިސާބު ޢިލްމަށް ކުއްޖާ މޮޅުކޮށްދީ ކުއްޖާގެ ވިސްނުމާ ހުނަރު ކުރިއަރުވާދީ ހިތުން ހިސާބު ހެދުމަށް ކުއްޖާގެ ސިކުނޑި ފަރިތަކޮށްދޭ ޢިލްމެކެވެ. އަދި މިޕްރޮގްރާމްގެ ސަބަބުން ކުއްޖާގެ ލިޔުމުގެ ސްޕީޑާ، ކަންކަން އަވަހަށް ދެނެގަތުމުގެ ބާރު އިތުރުކޮށްދޭނެއެވެ. އަދި ހިސާބު އިލްމުގެ ނަޒަރިއްޔާތުތައް މަސައްކަތްކުރަނީ ކިހިނެއްކަން ކުދިންނަށް މި ޕްރޮގްރާމްގައި ދަސްކޮށްދެވޭނެއެވެ.
ސްކިލް ހެޓްސް ޖީނިއަސް އިން ވަނީ އަންނަ އަހަރުގެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 7694749 ގުޅުއްވުމަށް ސްކިލްހެޓްސް ޖީނިއަސް އިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް