އަންނަނީ ތަފާތު އެއްޗެއް – ޕޮޕްކޯން ރެޑީތަ !

ފެންނަނީ އަންހެން ކުއްޖަކު ކަޅިވެސް ޖަހައިނުލާ އާޝޯޚުވެ، އަންތަރީސްވެ ހުރެ ޕޮޕް ކޯން ކާން ހުންނަ މަންޒަރެވެ. ދެމިޔަކަނުން ސޮނި ނުފައިބާ ހުރީ ހަމަ ކިރިޔަ ކިރިޔާއެވެ. ދެން ފެންނަނީ ފްރޭމަށް ނުކިއްސަރު ގ...

19 Dec 2018 | 07:42

ފެންނަނީ އަންހެން ކުއްޖަކު ކަޅިވެސް ޖަހައިނުލާ އާޝޯޚުވެ، އަންތަރީސްވެ ހުރެ ޕޮޕް ކޯން ކާން ހުންނަ މަންޒަރެވެ. ދެމިޔަކަނުން ސޮނި ނުފައިބާ ހުރީ ހަމަ ކިރިޔަ ކިރިޔާއެވެ.

ދެން ފެންނަނީ ފްރޭމަށް ނުކިއްސަރު ގޮތަކަށް ފިރިހެނަކު އަންނަ މަންޒަރެވެ. ކުރި ކަނޑާފައި ދާން އުޅުނު އެ ފިރިހެން ކުއްޖާވެސް ހުރި ތަނަށް ތަރަ އަރައި އަންހެން ކުއްޖާއާއި އެއްވަރަށް ފަހަތަށް ޖެހިލައި އަންހެން ކުއްޖާ އަތުން ޕޮޕްކޯން ތަށި ދަމައިގަނެ "ވޯއއއއ" އޭ ބުނާކަން އެނގެއެވެ. އުރީދޫ ފޭސްބުކް ޕޭޖަށް ރޭ 09:38ގައި ޖިފް އެހިސާބުން ނިމެއެވެ.

ނަމަވެސް އެ ޖިފާއެކު ސުވާލުތަކެއް އެބަ އުފެދެއެވެ. އެ ޖިފްގެ ބޭނުމަކީ ކޮބައިކަމާއިމެދު އުފެދޭ ސުވާލާއި ވާން މިއުޅެނީ ކިހިނެއް ކަމާއިމެދު އުފެދޭ ސުވާލެވެ.

ބެލެވޭ ގޮތުގައި އެއީ ކުރު "ޓީޒަރ" އެކެވެ. އުރީދޫއިން އަނެއްކާވެސް ތަފާތު ކަމެއް ތައާރަފް ކުރަން ނުވަތަ ތަފާތު ހިދުމަތެއް ގެންނަން އުޅޭ ކަމުގެ ސިގުނަލެކެވެ.

މިކަމުގައި އުރީދޫގެ ރަސްމީ ބަހެއް ހޯދާލުމުން ބުނިހާވެސް އެއްޗަކީ އަންނަން އުޅެނީ "ތަފާތު" އެއްޗެއް ކަމެވެ. "ޕޮޕް ކޯން ރެޑީގަ ހަމަ ބަހައްޓަންވީ" އުރީދޫއިން ބުނެއެވެ.

ކޮންމެއަކަސް މިކަމުގައި އިތުރަށް އެނގޭނެ މާ ގިނަ މައުލޫމާތެއް ނެތެވެ. އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ. ތަފާތު އެތައް ހިދުމަތް ތަކަކާއި ކަންތައްތަކެއް ދިވެހި މުޖްތަމައަށް ގެނެސްދީފައިވާ އުރީދޫއިން ދެންވެސް ގެންނާނީ ދިވެހީންނަށް ކަމުދާނެ، ބަލައިގަންނާނެ ހިދުމަތެއް ނުވަތަ ކަމެއްކަމާއިމެދު ޝައްކެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް