ހަމަހަމަކަން ގާއިމް ކުރަން ދެކޮޅު ހަދާ ނުފޫޒުތަކާއި ދެކޮޅަށް ތެދުވަންޖެހޭ!

އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމް ކުރަން ދެކޮޅު ނުފޫޒުތަކާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ. ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފ...

19 Dec 2018 | 07:35

އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމް ކުރަން ދެކޮޅު ނުފޫޒުތަކާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގައިންސްޓް ވިމެން (ސީޑޯ) ގެ ދަށުން އދ. އަށް ހުށަހަޅަން ޖެހޭ ރިޕޯޓަކާއި ގުޅޭގޮތުން ދާއިރާގެ ފަރާތްތަކާއި އެކު ބާއްވާ ވެލިޑޭޝަން ބައްދަލުވުން އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ އަންހެނުންނާއި މެދު ތަފާތު ކުރުމާއި ދެ ޖިންސްގެ ތަފާތު ކުރުން އަދިވެސް މުޖުތަމައުގައި ގެންގުޅެމުންދާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

އދ. އަށް ހުށަހަޅަން ޖެހޭ ރިޕޯޓާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ކޮންމެ ހަމަހަކުން ހުށަހަޅަންޖެހޭ އެ ރިޕޯޓުގެ ސަބަބުން އެ ދާއިރާގައި ހުރި ހުސް ކަންކަން ދެނެގަނެވޭ ކަމަށެވެ. އަދި ކަންކަން ހައްލު ކުރުމަށް މިހާރު ގާއިމް ކޮށްފައިވާ ނިޒާމުތައް ހަރުދަނާ ކުރުމަށް ދައުލަތުގެ އިދާރާތަކަށް ފުރުސަތު ލިބިގެންދާ ކަމަށެވެ،

މިއަދު ފެށި ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މިހާޜު އެކުލަވާލާފައި ހުރި ރިޕޯޓުގެ މައުލޫމާތުތައް ބައިވެރިންނާއި ހިއްސާކޮށް ރިޕޯޓަށް އިތުރު ކުރަން ޖެހޭ މައުލޫމާތުތައް އިތުރު ކުރުމެވެ. ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާ ހަ ވަނަ ޕީރިއަޑިކް ރިޕޯޓު އެކުލަވާލާފައި ވަނީ، ދ. ކުޑަހުވަދޫ، ހުޅުދެލި އަދި ކ. ކާށިދޫ އާއި ގުޅީގައި ގާއިމްކޮށްފައިވާ ގުޅުން ހުރި އިދާރާތަކުން މައުލޫމާތު ހޯދާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް