ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މިނިސްޓަރު ޝާހިދު އެކަން ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ވިދާޅުވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު ޖަޕާނަށް ދަތުފުޅު ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެ ދަތުރުފުޅުގެ ބޭނުމަކީ ޖަޕާނުގެ އިސް އޮފިޝަލުންނާއި މަޝްވަރާ ކުރެއްވުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުފުޅުގެ ކުރިން ފޮރިން މިނިސްޓަރު ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އިންޑިއާގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި އެކި ދާއިރާތަކުގައި މަޝްވަރާ ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް