ބޮލީވުޑްގެ ބަތަލް އަލީ ފަޒާލް އާއި ލޯބިވެރިޔާ ރިޗާ ޗަންދަ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
އެ ދެމީހުން ރާއްޖެ އައީ ރިޗާގެ އުފަންދުވަސް ފާހަގަ ކުރާށެވެ. އެ ދުވަހަކީ އިއްޔެ އެވެ. އުމުރުން 32 އަހަރުވި ރިޗާގެ އުފަންދުވަސް ފާހަގަ ކުރުމަށް ފަޒާލް ވަނީ ތަފާތު ކަންކަން ކޮށްފައި އެވެ.
ފަޒާލް އާއި ރިޗާ ޗުއްޓީ ހޭދަ ކުރަމުންދަނީ ޅ. އަތޮޅު ފުށިފަރުގައި އެވެ. ދެމީހުން ދަނީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އެތައް ފޮޓޯއެއް އެމީހުން ރަސްމީ އިންސްޓަގްރާމްގައި މުޅި ދުނިޔެއަށް ދައްކާލަމުން ނެވެ.
ރިޗާ އާއި ފަޒާލް އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 2013 ވަނަ އަހަރު ރިލީޒް ކުރި "ފުކްރޭ" ހިމެނެ އެވެ. އޭގެ ފަހުން ރިޗާގެ ފިލްމެއް ނުފެނެ އެވެ.
އަލީ ފަޒާލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ރިލީޒް ކުރި ފިލްމު "މިރްޒާޕޫރް" އިންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް