ޑައިޓް ކުރުމުން ހަށިގަނޑަށް ގެއްލުންވޭ! ޑައިޓު ނުކޮށް ހިކެން ބޭނުންތަ؟

ބަރުދަން ލުއި ކުރަން ބޭނުންވެގެން މިހާރަކަށް އައިސް އެންމެންހެން ތަފާތު ޑައިޓުތައް ޖައްސައެވެ. ވަކި ބާވަތެއްގެ ކާއެއްޗެހި ނުކެއުމާއި ވަކި ވަގުތުތަކެއްގައި ކެއުން ފަދަ ކަންކަމަކީ މިހާރު އެންމެން ބަރުދަ...

19 Dec 2018 | 04:23

ބަރުދަން ލުއި ކުރަން ބޭނުންވެގެން މިހާރަކަށް އައިސް އެންމެންހެން ތަފާތު ޑައިޓުތައް ޖައްސައެވެ. ވަކި ބާވަތެއްގެ ކާއެއްޗެހި ނުކެއުމާއި ވަކި ވަގުތުތަކެއްގައި ކެއުން ފަދަ ކަންކަމަކީ މިހާރު އެންމެން ބަރުދަން ލުއި ކުރަން ކުރަމުން އަންނަ ކަމެކެވެ.

އެކަމަކު އެނގޭތަ؟ ޑައިޓު ކުރުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންވެ އެވެ.

އޭގެ ތެރޭގައި ބޮޑުކަމުދާ އެއްޗެހި ހަރުވުމާއި، ކަށިތަކަށް ގެއްލުން ލިބުން ހިމެނެ އެވެ. އަދި ބަނޑަށް އުނދަގޫވެ ބޮލުގައި ރިހުމަކީވެސް ތަފާތު ޑައިޓުތައް ކުރުމުން ކުރިމަތިލާން ޖެހޭ އުނދަގޫތަކެވެ. މީގެ އިތުރުން އާދަޔާ ހިލާފަށް ގިނައިން ކާހިތްވުމާއި ޑައިޓު ކުރަމުން، ކާއެއްޗެހި ހަށިގަނޑުގެ ގުނަވަންތަކަށް ދައުރުވުން ލަސްވެ އެވެ.

ޑައިޓު ނުކޮށް އާންމުކޮށް ކާއެއްޗެހި ކައިގެން ހިކެން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މަޑުމައިތިރި ކަމާއި އެކު އިނދެ އެ ކާއެއްޗެއް ރަނގަޅަށް ހަފައިގެން ކެއުމެވެ. ރަނގަޅަށް ހަފައިގެން ކާއެއްޗެހި ދިރުވާނަމަ އަވަހަށް ބަނޑު ފުރޭނެ އެވެ. އޭރުން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަކަށް ނުކެވޭނެ އެވެ.

ގިނައިން ދިޔާ އެއްޗެހި ބޯށެވެ. އޭގެ ތެރޭގައި ފެން ގިނައިން ހިމަނާށެވެ. ޖޫހުގެ ގޮތުގައި ބޯ އެއްޗެހީގެ ތެރޭގައި އެނާޖީ ޑްރިންކް ފަދަ އެއްޗެހި ނުބޯށެވެ. ކޮންމެ ގަޑިއެއްގެ ކެއުމުގެ ކުރިޔަށް ފެންތަށްޓެއް ބޯން އާދަ ކުރާށެވެ. އޭރުން ކެލޮރީސް އެކުލެވޭ އެއްޗެހި ކާހިއްވުމުގެ އިތުރުން ބަނޑުހައިވުން ކޮންޓްރޯލް ވާނެ އެވެ.

ދުވާލަކު ހަގަޑިއިރާއި އަށް ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ނިދަން ވާނެ އެވެ. އަދި މާބޮޑަށް ކަންކަމާއި ނުވިސްނާށެވެ. ތައްޔާރީ ކާނާ ތަކާއި ވިއްކަން ހުންނަ ވައްތަރު ވައްތަރުގެ ފޮނި ބުއިންތަކަކީވެސް ބަރުދަން އިތުރުކޮށްދޭ އެއްޗިއްސެވެ. އޭގެ ބަދަލުގައި އަމިއްލައަށް ގޭގައި ތައްޔާރު ކުރާ ކާނާ ކެއުމަށް އާދަ ކުރާށެވެ.

ވަކި ޑައިޓެއް ނުޖައްސާ ބަރުދަން ލުއި ކުރަން ބޭނުން ނަމަ އާންމުކޮށް ކެއުމުގައި ގިނައިން ހިމަނަންވީ ޕްރޮޓީން އާއި ފައިބަރު ގިނަ ކާއެއްޗިއްސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް