ސާރާ އަށް "ސިމްބާ" ކުޅެން ފުރުސަތު ދިނީ މެސެޖުކޮށް އާދޭސް ކުރުމުން!

ދެން އެންމެ އަވަހަށް ރިލީޒް ވާ މަޝްހޫރު ޑައިރެކްޓަރު ރޯހިތް ޝެޓީގެ "ސިމްބާ" ގައި ލީޑް އެކްޓްރެސްގެ ރޯލުން ފެނިގެންދާ ސާރާ އަލީ ހާން އެ ރޯލު ކުޅެން ފުރުަސަތު ހޯދީ އަމިއްލައަށް އެދިގެން ކަމަށް އޭނާ ބުނެ...

19 Dec 2018 | 04:05

ދެން އެންމެ އަވަހަށް ރިލީޒް ވާ މަޝްހޫރު ޑައިރެކްޓަރު ރޯހިތް ޝެޓީގެ "ސިމްބާ" ގައި ލީޑް އެކްޓްރެސްގެ ރޯލުން ފެނިގެންދާ ސާރާ އަލީ ހާން އެ ރޯލު ކުޅެން ފުރުަސަތު ހޯދީ އަމިއްލައަށް އެދިގެން ކަމަށް އޭނާ ބުނެފި  އެވެ.

ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ސާރާ ބުނީ އެ ފިލްމު ކުޅެން ރޯހިތަށް މެސެޖު ކުރީ އޭނާ އަމިއްލައަށް ކަމަށެވެ. އެއީ ރޯހިތަކީ އޭނާ އެންމެ ގަޔާވާ އަދި އެންމ ސަޕޯޓު ކުރާ ޑައިރެކްޓަރަށް ވާތީ އެކުގައި މަސައްކަތް ކުރަން ބޭނުން ވެގެން ކަމަށެވެ.

މި އިވެންޓުގައި އެކަމާ ގުޅޭގޮތުން ރޯހިތު ބުނީ ސާރާ އަމިއްލައަށް ފިލްމުގައި ބައިވެރިވުމަށް އެދި އެތައް ދުވަހެއް ވަންދެން ގިނަ މެސެޖުތަކެއް ކުރި ކަމަށެވެ. އެންމެ ފަހުން ސާރާ ފިލްމުގައި ބައިވެރި ކުރަން ނިންމީ ސާރާގެ ފުރަތަމަ ފިލްމު "ކޭދަރްނާތް" ގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ އެދުމުގެ މަތިން ކަމަށެވެ. އަބީޝެކް ވަނީ އޭރު ޝޫޓިން ކުރިޔަށް ދިޔަ "ކޭދަރްނާތު" ގެ ބައެއް ވީޑިއޯ ކްލިޕްސްތައް ދައްކާފައި ކަމަށެ ރޯހިތު ބުންޏެވެ.

އޭނާ މީޑިއާގައި ބުނީ ފިލްމު "ސިމްބާ" ކުރިން ރޭވިފައި އޮތީ އަންހެން ލީޑްރޯލް އަކާ ނުލާ ކުރިޔަށް ގެންދަން ކަމަށެވެ. އަދި ސާރާ ފިލްމުގައި ބައިވެރި ކުރަން ނިންމީ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

ފިލްމު "ސިމްބާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް