މޮޔަ ނޮގޮވާށެވެ. މިގައުމަށްޓަކައި ޝަހީދުވާނެ ޒުވާނުން މިއަދުވެސް އެބަތިއްބެވެ.

ސިޔާސީ ގޮތުން ކޮންމެ ފިކުރެއްގައި ހުއްޓަސް މީ އަހަރެންގެ ވެސް ގައުމެވެ. މި ވެސް ދިވެހި ލޭ ހިނގާ ނޫކަށި ފުރައިގެ ނޫނަސް ޒުވާނެކެވެ. މި ގައުމާ ހަނގުރާމަކުރާނަމޭ ބުނެ މި މީހުން މަދު ރާއްޖެ އަށް ބިރުދައްކ...

18 Dec 2017 | 23:04

ސިޔާސީ ގޮތުން ކޮންމެ ފިކުރެއްގައި ހުއްޓަސް މީ އަހަރެންގެ ވެސް ގައުމެވެ. މި ވެސް ދިވެހި ލޭ ހިނގާ ނޫކަށި ފުރައިގެ ނޫނަސް ޒުވާނެކެވެ. މި ގައުމާ ހަނގުރާމަކުރާނަމޭ ބުނެ މި މީހުން މަދު ރާއްޖެ އަށް ބިރުދައްކާނެ ކަމެއް ނެތެވެ. މި ދިވެހީންނަކީ މަލާމާރީންނާއި ޕޯޗްގީޒުން ބަލި ކުރި ދިވެހިންނެވެ. އޭރު އެ މީހުންނަކީ ވަސީލަތްތައް ގިނަ ބައެކެވެ. އަހަރަމެންގެ އޮތީ ހަމައެކަނި ނުގުޑާ ފަދަ އަޒުމެކާއި ހިތްވަރެކެވެ.

މިއަދު ވެސް މި ގައުމުގައި ދޮންބަންޑާރައިންނާއި ބޮޑު ތަކުރުފާނުންނާއި ޝަހީދު ހުސައިން އާދަމް ފަދަ ޒުވާނުން އެބަތިއްވެ. ސިޔާސީ ގޮތުން އަހަރަމެންގެ ޚިޔާލާއި ވިސްނުން ތަފާތުވެދާނެއެވެ. އެހެނަސް ގައުމު އަހަރަމެންނަށް އެދިގެން ގޮވާލައިފިނަމަ އެކަމަށް އިޖާބާދޭނަމެވެ. ޖުމުހޫރީ މައިދާނުގައި ހުރި ގައުމީ ބޮޑު ދިދައިގެ ކުރިމަތީގައި ހުރެ ގައުމީ ދިދިއަށް ސެލިއުޓް ކުރާނަމެވެ. ގައުމީ ނިޝާނަށް ހުރުމަތާއި އެކު ބޯލަނބާނަމެވެ. ފެންސާއިރަތާއިހުދުގެ ޔުނީފޯމުގައި، ދިވެހި ބިން މީ އުފަން މަގޭ ބިން ލެވުނު ފުރަތަމަ ނޭވާ މަގޭ ބިން، އެ ބިމަކަށް އެންމެ ފަހުގެ ވިއްދާ ދޫކޮށްލަދޭނޭ ނަޔާ މަގޭ ބިމޭ ބުނެ ނުކުންނާނެވެ.

އަހަރެންނާއި އަހަރެންގެ ގައުމު ސައިޒުން ކުޑަ ވެދާނެއެވެ. އެހެނަސް ހިތްވަރާއި ފަންވަރާއި ކެރުމުގެ ގޮތުން އެންމެ ތައްފުކެއްވެސް ދޫނުކުރާނަމެވެ. މި ގައުމު މިނިވަންކަންމަތީ މި އޮތީ ކާބަފައިންގެ ލޭ މިގައުމުގެ ފަސްގަނޑަށް އޮހުރުވައިގެންނެވެ. މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ހައްގުގައި މި ގައުމުގެ ދަރިން ޚާއްސަކޮށް ޒުވާނުން ތެދުވާނެއެވެ. ' އިހުގެ ބަޠަލުތަކުންފަދައިން ކެރޭށެވީ ޝަހީދުވާން' އޭ ބުނެ ސަފުތައް ރުކުރުވާލާނެއެވެ. ކަނޑި އާއި ބަޑިއާއި ލޮންސިއަކުން މިހިތަށް ބިރުވެރިކަމެއް ނުވަންނާނެއެވެ. އިސްޖަހައިގެން ކުޑަކަކޫ ނުޖަހާނަމެވެ. ' މި ރާއްޖޭގެ ސާފުވައި ލިބި ހެލިލަމުންދާ ފަންތަކާ މި ދޮންވެލި ތުނޑީގެ ހުދު ހުދު މާހިމުން ދޮންވެލިތަކުގައި' ގެ ވެރިންނަކީ އަބަދުވެސް ދިވެހިންނެވެ. މީ އިސްލާމީ ގައުމެކެވެ. އިންޝާ ﷲ އެކަލާގެ މަދަދާއި ރަހުމަތް އބަދުވެސް މި ގައުމަށް ތަނަވަސްވާނެއެވެ. ޔާ ﷲ އިލާހީ މިބިން ކުރައްވާށެ އަމާން، މިއަޅާގެ އުފަން ދިވެހިންގެ މި ބިން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް