ރީކޯއަށް ރައީސް މައުމޫން އަނިޔާ ކުރެއްވި ކަމަށްބުނެ ދައްކާ ދޮގު ވާހަކަތައް ކުށްވެރިކުރަން: ޕީޕީއެމް

މަޖިލީހުގެ ނައިބުރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ރައީސް މައުމޫން އަނިޔާކުރާކަމަށްބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ކުށ...

19 Dec 2014 | 18:38

މަޖިލީހުގެ ނައިބުރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ރައީސް މައުމޫން އަނިޔާކުރާކަމަށްބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަަމށް ޕީޕީއެމުން ބުނެފި އެވެ.

އެޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރީކޯ މަސައްކަތް ކުރައްވަނީ ރައީސް މައުމޫންގެ އިސްތަށިފުޅުގައި ބަދުނާމް އަޅުވަން ކަމަށާއި ރީކޯ މޫސަ ކުރަމުންގެންދާ ޒިންމާދާރުކަން ކުޑަ ހުތުރު މަސައްކަތްތައް އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރީކޯ މޫސާ މަނިކަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން މަސައްކަތްކޮށް އެކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަން އެ ޕާޓީން ފާހަގަކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް