ހާލުގައި ޖެހުނު މުދާ އުފުލާ ދޯންޏަކަށް ސިފައިން އެހީވެއްޖެ

މާލެއިން ފުރައިގެން ކޮކޯ ޕާމް ރިސޯޓަށް ދަތުރުކުރި މުދާ އުފުލާ ދޯންނެއް އިންޖީނު ހުއްޓުމާއި ގުޅިގެން އެދޯނީގައި ތިބި މީހުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ބ.ގޮއިދޫއަށް ގެންގޮސްދީފ...

19 Dec 2014 | 09:40

މާލެއިން ފުރައިގެން ކޮކޯ ޕާމް ރިސޯޓަށް ދަތުރުކުރި މުދާ އުފުލާ ދޯންނެއް އިންޖީނު ހުއްޓުމާއި ގުޅިގެން އެދޯނީގައި ތިބި މީހުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ބ.ގޮއިދޫއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ބ.ތުޅާދޫގައި ދުއްވާ 60 ފޫޓްގެ "ދިރުން" ދޯނި މާލެ އަތޮޅު ޒިޔާރަތްފުށީ ހުޅަނގުން 10 މޭލު ބޭރަށް އިންޖީނު ހުއްޓުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ މެންދަމު 0200 ހާއިރު ކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު އެދޯންޏަށް އެހީތެރިވުމުގެ މަސައްކަތް ފެށި ކަމަށާއި މިގޮތުން އެދޯނީގައި ތިބި މީހުން ބ.ގޮއިދޫއަށް ގެންގޮސްދިނުމަށް ދޯނީގެ ކެޕްޓަން އެމްއެންޑިއެފް މާލެ އޭރިއާގައި އެދުމާއި ގުޅިގެން މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެކޯ 9 ލޯންޗް، އެސަރަހަށްދަށް ދިއުމަށް ފުރީ ކަމަށާއި އެމްއެންޑީއެފް މާލެ އޭރިއާގެ އެހީތެރިކަމާއެކު އެދޯނިން ދަތުރުކުރި 24 މީހުންގެ ތެރެއިން ފަސް ކުޑަކުދިންންނާއި ފަސް އަންހެނުންނާއި އަށް ފިރިހެނުން މިއަދު ހެނދު 0810 ހާއިރު ބ.ގޮއިދޫއަށް ގެންގޮސް ދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

މިދޯނިގެ ވެރިފަރާތުން ކަންނެލި ދޯންނެއް ގެންގޮސްގެން ކަފު ޖެހުމުގެ މަސައްކަތް މިހާރު ކުރާ ކަމުގެ މަޢުލޫމާތު  ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް