ބީއެމްއެލްއިން އަޅާ އިތުރު 182 ހައުސިން ޔުނިޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

19 Nov 2026 | 10:47
ފޮޓޯ: ބީއެމްއެލް

ފޮޓޯ: ބީއެމްއެލް

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި އެފްޑަބްލިއު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްޤީ ކުރާ އިތުރު ހައުސިން ޔުނިޓުތަކެއްގެ ކޮންކްރީޓު މަސައްކަތް ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މި މަޝްރޫއުގެ ދަށުން އިތުރު 182 ހައުސިން ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.

Advertisement

އެ ބޭނުންކުން ބުނީ މާލެ ސިޓީގައި މިވަގުތު 3200 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެ އެވެ.

މިއީ 3 ކޮޓަރީގެ 900 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީކުރާ 364 ފުލެޓުގެ ތެރެއިން 182 ފުލެޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މީގެ ކުރިން މިމަހު ކުރީކޮޅު ވަނީ އަޅަން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް