ބަސީރު އަލީ --
އިންޑިއާގެ މަޝްހޫރު ޝޯ ބިގް ބޮސްއިން މަޝްހޫރުވި ރިއަލިޓީ ޓީވީ ތަރި ބަސީރު ޢަލީ ކުރީގެ ލޯބިވެރިޔާ އާއި ރުޅިވީ ދީނީ ކަންކަމަށް ލޯބިވެރިޔާ ފަރުވާ ކުޑަކޮށްފާނެތީ ކަމަށް ބުނެފި އެވެ.
މީޑިއާގައި ދިން އިންޓަވިއުއެއްގައި މުސްލިމެއް ކަމަށްވާ ބަސީރު ބުނީ ކުރީގެ ލޯބިވެރިޔާ އާއި ރައްޓެހިވީ ވަރަށް ގަޔާވެގެން ދިރިއުޅުމެއް ފެށުމުގެ ނިޔަތުގައި ކަމަށެވެ. އަންހެން މީހާވެސް އޭނާ ދެކެ ވަރަށް ލޯބިވި ކަމަށާއި އޭނާ ހުރީ ބަސީރަށްޓަކައި އިސްލާމްދީން ގަބޫލުކޮށްގެން ކައިވެނި ކުރަން ތައްޔާރުގައި ކަމަށެވެ.
ނަމަވެސް އެ ގުޅުން ވަކި ހިސާބަކުން ހުއްޓާލަން އަމިއްލައަށް ވިސްނުނީ ކަމަށް ބުންޏެވެ. އޭނާ ބުނީ މައިގަނޑު ސަބަބަކީ ދީނީ ޒިންމާތަކާ މެދު އޮތް ކަންބޮޑުވުންތައް ކަމަށެވެ.
ބަސީރު ފާހަގަ ކުރި ގޮތުގައި ލޯބިވެރިޔާ އިސްލާމްދީން ޤަބޫލުކުރުމަށްފަހު، ކައިވެނިކޮށްގެން އުޅޭއިރު ނަމާދުކުރުން ފަދަ ދީނީ ކަންކަމަށް ފަރުވާކުޑަވެއްޖެނަމަ، އެކަމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅޭނެ ކަމަށް ޤަބޫލުކުރެވުނު ކަމަށެވެ. އޭނާ ބުނީ އަމިއްލަ ފާފަތައް ގިނައިރު، އެހެން މީހެއްގެ ދީނީ ޒިންމާ އުފުލަން ބޭނުންނުވީ ކަމަށް ބުންޏެވެ.
އޭނާ ބުނީ އަންހެން މީހާ ދީން ބަދަލު ކުރަން ބުނުމުން މައިންބަފައިންނާއި މެދު ވިސްނަން ޖެހޭ ކަމަށް ބުނެ ނަސޭހަތް ދީފައިވާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ދިމާވެދާނެ ދަތިތަކަށް ބަލަން ޖެހޭ ކަމަށް ބުނެފައިވާނެ ކަމަށެވެ.
ދެމީހުންގެ ލޯބީގެ ގުޅުން ނިންމާލި ނަމަވެސް އަދިވެސް އެކުވެރިކަން ދެމީހުންގެ މެދުގައި އޮންނަ ކަމަށްވެސް އޭނާ ބުންޏެވ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް