ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ ޝަކުވާތައް ސީދާ ހުށަހެޅޭ ގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ގެ އޮފީސް މާލެއާއި ހުޅުމާލެ ފޭސް 1 ގައި މިއަދު ހުޅުވައިފިއެވެ.
މާލޭގައި ހުޅުވި އޮފީސް ހުންނަނީ ހުޅުމާލެ ފެރީ ޓާމިނަލް ތެރޭގައެވެ. ހުޅުމާލެ ފޭސް 1 ގެ އޮފީސް ޤާއިމުކޮށްފައި ވަނީ އުމަރު ޒާހިރު ބިލްޑިންގުގެ ތިރީ ފަންގިފިލާގައެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އާ ހަމައަށް މި ދެ އޮފީހުން ޚިދުމަތް ލިބޭނެއެވެ. ހުޅުމާލެ ފޭސް 2 ގައި ވެސް ކައިރި މުސްތަޤުބަލެއްގައި އޮފީހެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތުދެ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސީސީބީ ޤާއިމުކުރެއްވީ މިދިޔަ އެޕްރީލް 16 ވަނަ ދުވަހުއެވެ. އެ ބިއުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް އުފެއްދެވި އޮފީހެކެވެ.
އޮފީސްތަކުގެ އިތުރުން، ސީސީބީގެ ދަށުން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް ވަނީ ތަޢާރަފުކޮށްފައެވެ. އެއާ އެކު 24 ގަޑިއިރު ޚިދުމަތް ލިބޭ ކޯލް ސެންޓަރެއް ވެސް ޤާއިމުކޮށް، ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ރައްޔިތުންނަށް ގުޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް