މިއަދަކީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް

19 ނޮވެމްބަރު 2019 ވީ އަންގާރަ، އާދެ މިއަދަކީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ގޮތުގައި ފާހަގަކުރާ ދުވަހެވެ. ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ނޮވެ...

19 Nov 2019 | 02:59

19 ނޮވެމްބަރު 2019 ވީ އަންގާރަ، އާދެ މިއަދަކީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރަނީ ފިރިހެނުން އަދި ފިރިހެން ކުދިންގެ ސިއްހަތު ޕްރޮމޯޓްކޮށް އެކަމަށް ފޯކަސް ކުރުމަށާއި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށާއި ފިރިހެން ރޯލް މޮޑެލުން ޕްރޮމޯޓް ކުރުމަށާއާއި މުޖްތަމައު އާއި އާއިލާ ބިނާކުރުމުގައި ފިރިހެނުން ކުރާ މަސައްކަތް ފާހަގަކުރާ ދުވަހެއްގެ ގޮތުގައެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް މިހާރު ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމުގައި ފާހަގަކުރަމުންދެއެވެ. ރާއްޖޭގައިވެސް ބައެއް އޮފީސްތަކުގައްޔާއި އަމިއްލަ ގޮތުން ބައެއް ފަރާތްތަކުން މި ދުވަސް ފާހަގަކުރަމުން ދެއެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ރާއްޖެއިން އަދި މި ދުވަސ ފާހަގައެއް ނުކުރެއެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފަށާފައިވަނީ 1992ގައެވެ. މި ކަމަކީ އެންމެ ފުރަތަމަ ތޯމަސް އޯސްޓަރ ނަމަކަށް ކިޔާ މީހަކު ފެށި ޕްރޮޖެކްޓެކެވެ. އޭރު ފެބްރުއަރީ މަހު މި ދުވަސް ފާހަގަކުރި ނަމަވެސް ފަހުން ޖެރޯމް ތީލުކްޝިންގ ނަމަކަށް ކިޔާ މީހަކު މި ދުވަސް ނޮވެމްބަރަށް ފަސްކޮށް ބައިނަލްއަގްވާމީ ދުވަހެއްގެ ދަރަޖަ ދިނުމަށް މަސައްކަތް ފަށައި އެކަން ކާމިޔާބު ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް