ޖަޕާނުގެ ސައިބަރ ސެކިއުރިޓީ މިނިސްޓަރު މިސްޓރ ޔޮޝިޓާކާ ޝަކުރާޑާ އަށް ޔޫއެސްބީ ޑްރައިވަކީ ކޯއްޗެއްކަން ނޭނގޭކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މައްސަލައެއްގައި ޖަވާބުދާރީ ކުރުވުމަށް އޭނާ ގާނޫނު ހަދާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަމުންދަނިކޮށެވެ.
މި މަހުގެ 14 ވަނަ ދުވަހު އޭނާ އިތުރު ކަމަކަށްވެސް އެއްބަސްވެފައިވެއެވެ. އެއީ އުމުރުން 25 ވީ ފަހުން އޭނާ ކޮމްޕިއުޓަރެއް ބޭނުންކޮށްފައިނުވާކަމެވެ. އޭނާގެ މިހާރުގެ އުމުރަކީ 68 އަހަރެވެ.
ޖަޕާނުގެ ނިއުކްލިއާ ފެސިލިޓީގައި ޔޫއެސްބީ ޑްރައިވް ބޭނުންކުރޭތޯ އިދިކޮޅު މެމްބަރަކު ސުވާލުކުރުމުން އޭނާ ހުރީ ދޭން ޖަވާބެއް ނޭނގިފައެވެ. އޭނާއަށް ޔޫއެސްބީ ޑްރައިވަކީ ކޯއްޗެއްކަން ނޭނގޭކަމަށް އޭނާ އެއްބަސްވެފައިވެއެވެ.
މިކަމަށް ޖޯކު ޖަހަމުން އިދިކޮޅު މެމްބަރަކު ބުނެފައިވަނީ އޭނާ ހިމާޔަތްކުރާނީ ގައުމުގެ ސައިބަރ ސެކިއުރިޓީ ނޫން ކަމަށާއި އޭނާގެ އަމިއްލަ ނަފްސުގެ ސައިބަރ ސެކިއުރިޓީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް