ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް އަޙްމަދު ނަސީމް ޢައްޔަން ކުރައްވައި ފަތްކޮޅު ދެއްވައިފިއެވެ.
އަޙްމަދު ނަސީމަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ރައީސް ސާލިޙްގެ ސަރުކާރުގެ ކެބިނެޓްގައި 19 ވަޒީރުން ތިއްބަވައެވެ. އޭގެ އިތުރުން ނަސީމާއެކު ވަޒީރުން ފެންވަރުގެ ތިން ބޭފުޅަކު މިހާތަނަށް އައްޔަން ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް