ދެ މިނިސްޓްރީއެއްގެ ޕާމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ދެމީހަކު ކަނޑައަޅުއްވައިފި

ދެ މިނިސްޓްރީއެއްގެ ފަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ކަނޑައަޅުއްވައިފިއެވެ. މިއަދު ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޓް...

19 Nov 2018 | 11:24

ދެ މިނިސްޓްރީއެއްގެ ފަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ކަނޑައަޅުއްވައިފިއެވެ.

މިއަދު ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޢަބްދުއްނާޞިރު މުޙައްމަދެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޢަލީ ރަޒީންއާއެވެ. މި ބޭފުޅުންނަށް ކަމާބެހޭ ލިޔުން ހަވާލުކުރެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މި ރަސްމިއްޔާތުގައި ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާއިރު އެ މިނިސްޓްރީއެއްގެ ވަޒީރަކާއި ވީހާވެސް ގުޅިގެން ސިވިލް ސަރވިސްގެ ޤާނޫނުނާއި ޤަވާޢިދާއި ކަމާގުޅުންހުރި އެހެން ޤާނޫނުތަކާއި ޤަވާޢިދުތަކާވެސް އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް