އަބްދުލް މަންނާން ޔޫސުފް ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް ޕްރޮމޯޓްކޮށްފި

ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ޑިސިޕްލިނަރީ ބޯޑުން މީގެ ކުރިން ނިންމާފައިވާ އެސިސްޓަންޓް ޕޮލިސް ކޮމިޝަނާ އަބްދުލް މަންނާން ޔޫސުފް ޑެޕިއުޓީ ކޮމިޝަނަރުގެ ރޭންކަށް ޕްރޮމޯޓްކޮށްފި އެވެ. ކޮމިޝަނަރ އޮފް ...

19 Nov 2018 | 10:34

ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ޑިސިޕްލިނަރީ ބޯޑުން މީގެ ކުރިން ނިންމާފައިވާ އެސިސްޓަންޓް ޕޮލިސް ކޮމިޝަނާ އަބްދުލް މަންނާން ޔޫސުފް ޑެޕިއުޓީ ކޮމިޝަނަރުގެ ރޭންކަށް ޕްރޮމޯޓްކޮށްފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ ކޮމިޝަނަރުކަމުގައި މަންނާނު ހުންނެވީ ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް ފަހުން ޑިސިޕްލިނަރީ ބޯޑުގެ މެންބަރުން ބަދަލު ކުރުމަށް ފަހު އޭނާ ފުލުހުންގެ ވަޒީފާއިން ވަނީ ވަކިކުރަން ނިންމި އެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު، މަންނާނު ވަކިކުރަން ނިންމި ނިންމުން ޑިސިޕްލިނަރީ ބޯޑުން ބާތިލްކޮށް އޭނާއަށް ވަނީ ވަޒީފާއަށް ނިކުންނަން އަންގައިފަ އެވެ. އެއަށް ފަހު އޭނާ ދިޔައީ ވަޒީފާއަށް ނިކުންނަމުން އެވެ.

https://twitter.com/PoliceMv/status/1064456037435129856

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާގެ މަގާމަށް މަންނާނު މިއަދު ޕްރޮމޯޓްކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް