ކަޅުވަކަރު މިސްކިތުގެ ބައިތައް ޔުމްނާ ހޯއްދަވައިފި

ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތުގެ ބައިތައް މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ހޯއްދަވައިފިއެވެ. މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޫޅާލި ކަޅުވަކަރު މިސްކިތ...

19 Nov 2018 | 09:09

ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތުގެ ބައިތައް މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ހޯއްދަވައިފިއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޫޅާލި ކަޅުވަކަރު މިސްކިތުގެ ބައިތައް މިހާރު ހުރީ ނެޝަނަލް މިއުޒިޔަމްގައި ކަމަށާއި އެ މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭންޖެހޭކަމަށެވެ.

ކަޅުވަކަރު މިސްކިތް ހޯދައި، އަލުން ރޭވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހިމަނާފައިވާ ކަމެކެވެ. ނަމަވެސް އެ މިސްކިތް އަލުން ރާވާނީ ކޮން ތަނެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ކަޅުވަކަރު މިސްކިތުގެ ބައިތައް ހުރިތަން ހޯދައި އެ ތަކެތީގެ މައުލޫމާތު ޔުމްނާ ޓްވީޓް ކުރެއްވި ނަމަވެސް ދޭންޖެހޭ ފަރުވާގެ ތަފްސީލު ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް ރޫޅާލިއިރު ޔުމްނާ ހުންނެވީ އޭރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ހެރިޓޭޖް ޑިޕާޓްމެންޓްގެ ވެރިއެއްގެ ގޮތުގައެވެ. އެ މަގާމުން ޔުމްނާ އިސްތިއުފާ ދެއްވީ ކަޅުވަކަރު މިސްކިތް ރޫޅާލި މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް